Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރު އޭޓީއެމުން ނެގޭނެ: ބީއެމްއެލް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރު އޭޓީއެމުން ނެގޭނެ: ބީއެމްއެލް

އަހްމަދު އީޒާން
359 ދުވަސް ކުރިން - 2 ޖުލައި 2025 16:13
ބީއެމްއެލްގެ ޑެބިޓް ކާޑެއް / ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޑެބިޓް ކާޑެއް / ފޮޓޯ: ބީއެމްއެލް
ޚުލާސާ

ޑޮލަރު ލިމިޓަށް ގެނައި ބަދަލުގެ އަސަރު ބޭރުގައި ދިރިއުޅޭ އަދި ކިޔަވާ ކުދިންނަށް ނުކުރާނެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެ ބޭންކުގެ ޑެބިޓް ކާޑުތަކުން މަހަކު 750 ޑޮލަރު އޭޓީއެމުން އަދިވެސް ނެގޭނެ ކަމަށް ގައުމީ ބޭންކް, ބީއެމްއެލް އިން އިއްޔެ ބުނެފި އެވެ.

އެއީ ކުރިން ވެސް އެކަން ހަމަޖައްސާފައި އޮތް ގޮތެވެ. އެ ނިންމުމަށް ބޭންކުން ބަދަލެއް ގެނެސްފައި ނުވެ އެވެ.

ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނީ މަހަކު 125 ޑޮލަރު ކަމަށް ބީއެމްއެލްއިން އިއްޔެ ހަމަޖެއްސީ ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ކުރެވޭ ބޭރު ފައިސާގެ މުއާމަލާތުގެ އަދަދު 500 ޑޮލަރަށް ބޮޑުކުރުމާ އެކުގަ އެވެ. ނަމަވެސް, އޭގެ ތެރޭގައި ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ނުހިމެނެ އެވެ.

Advertisement

Advertisement 1

ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ އަދި ކިޔަވާ ނަމަ ކުރިން ވެސް އޮންނަ ގޮތަށް، ބީއެމްއެލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާވުމުން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރު އަދި ބޭރުގައި ކިޔަވާ ދިވެހިންނަށް 1,200 ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކާޑު ލިމިޓްތަކަށް ގެނައި ބަދަލުގެ އަސަރެއް ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނުކުރާނެ ކަމަށެވެ.

ބީއެމްއެލްއިން ވަނީ ރުފިޔާ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު 500 ޑޮލަރަށް ބޮޑުކޮށް, އާންމުކޮށް ދިވެހިން އޮންލައިން ވިޔަފާރިއަށް ބޭނުންކުރާ ހަ ވެބްސައިޓު ކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން 30 ޕަސެންޓާ ހަމައަށް ފީއެއް މި މަހުން ފެށިގެން ނަގަން ނިންމައިފަ އެވެ. ނަމަވެސް, ޑެބިޓް ކާޑު ފިޔަވާ އެހެެން އެއްވެސް ކާޑަކުން ކުރާ މުއާމަލާތަކަށް އެ ފީ ނުނަގާނެ އެވެ.

ބީއެމްއެލްޑޮލަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

17 ދުވަސް ކުރިން - 10:07

ރާއްޖޭގެ އިގްތިސާދު އައު ހަރުފަތަކަށް: އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

18 ދުވަސް ކުރިން - 09:09

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

21 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

25 ދުވަސް ކުރިން - 13:39

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބީއެމްއެލްއިން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި

43 ދުވަސް ކުރިން - 16:37

ހަބަރާއި މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފް

"މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުމެއް"

45 ދުވަސް ކުރިން - 15:21