ކަންކަން ނިންމަނީ ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުޞޫލުތަކުގެ ތެރެއިން ކަމަށާއި، އިގްތިސާދަށް ގެއްލުން ވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވި.
48 ދުވަސް ކުރިން - 10:22
އަހަރެއްހާ ދުވަހުގެތެރޭގައި ތިލަފުއްޓައި ހަމަޔަށް ބުރިޖު ނިންމާލާނެ. ބްރިޖުގެ ހުރިހާ މަސައްކަތް ތަކެއް ވެސް ކުރިއަށް ދަނީ ބައިނަލްއަޤުވާމީ މިންގަނޑު ތަކާއި އެއްގޮތަށް، ފަންނީ ދިރާސާ ތަކުގެ މައްޗަށް ބިނާ ވެގެން ކަމުގެ ޔަޤީން ކަން ވެސް ރައީސް ދެއްވި.
48 ދުވަސް ކުރިން - 10:02
ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި. މި ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާތާ 30 ދުވަސް ހަމަވުމުން.
48 ދުވަސް ކުރިން - 09:33
ކުރީ ސަރުކާރުގައި މި މަޝްރޫއު ލަސްވި ނަމަވެސް، ސިނަމާލެ ބުރިޖެކޭ އެއްފަދައިން މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި.
49 ދުވަސް ކުރިން - 23:42
ރައީސް ވިދާޅުވީ، ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށް. އަދި މި ސަރުކާރުން މިކަން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށް ވިދާޅުވި.
49 ދުވަސް ކުރިން - 23:02
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކުގެ މުހިންމުކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް. އަދި އިގްތިސާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މިކަމުގެ ފޮނި ނަތީޖާ މުޅި ގައުމަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި.
49 ދުވަސް ކުރިން - 22:31
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުން.
49 ދުވަސް ކުރިން - 16:50
ރަސްމީ ރޭޓުގައި މުވައްޒަފުންނަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ނަމަ، މުސާރަ ދިވެހި ރުފިޔާއިން ލިބުމަކީ މައްސަލައެއް ނޫން ކަމަށް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނޭ.
49 ދުވަސް ކުރިން - 16:41
އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި އައިޝަތު އަރީފާއާއި މުޙައްމަދު އާރިފަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި. މުޙައްމަދު އާރިފަށް ރުހުން ދޭން ފާސްވީ މެމްބަރުންގެ އިއްތިފާގުން އަދި އަރީފާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިނީ 48 މެންބަރުން
49 ދުވަސް ކުރިން - 16:36
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ކެއްސުމާއި، ނޭފަތުން ފެންއައުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނޭ. ބަލީގެ އަލާމާތްތައް ފެންނަ މީހުން، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ، ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ސިއްހީ ކަމާބޭހޭ ފަރާތްތަކުން ވަނީ އެދިފަ.
49 ދުވަސް ކުރިން - 16:28
ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ މަގުވެސް ވަނީ ފަހިވެފަ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ.
49 ދުވަސް ކުރިން - 16:19
ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފާސްވެފައިވާ ދަރިވަރުންގެ އިންސައްތަ 80 އަށްވުރެ މަތިވި އިރު، ރާއްޖޭގެ އެހެން ސްކޫލްތަކާއި އަޅާބަލާއިރު، ސައިންސް މާއްދާތަކުގެ ފާސް ރޭޓު ރަނގަޅު ކަމަށް ފާހަގަ ކޮށްފައިވޭ.
49 ދުވަސް ކުރިން - 12:39