Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

ފާތިމަތު އަނަން މުހައްމަދު
18 ގަޑިއިރު ކުރިން - 26 އޯގަސްޓް 2026 16:19
އެމްޓީސީސީ | ފޮޓޯ: ހުލާސާ ނިއުސް
އެމްޓީސީސީ | ފޮޓޯ: ހުލާސާ ނިއުސް
ޚުލާސާ

ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ މަގުވެސް ވަނީ ފަހިވެފަ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްގީކޮށްދިނުމެވެ.

3 މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ ސުޕަވައިޒަރުންގެ އެހީތެރިކަމާއެކު އަމަލީގޮތުން މަސައްކަތް ދަސްކޮށްދިނުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެކެވެ. މިއަހަރު 12 ދާއިރާއަކުން 86 ޖާގަ ހުޅުވާލާފައިވާއިރު، ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު 8,000 ރުފިޔާ ލިބޭނެއެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމްގެ ތެރެއިން ބަސް އަދި ޓެކްސީ ޑްރައިވަރުންނާއި، މެކޭނިކުންނާއި، އިލެކްޓްރީޝަން އަދި ޕްރޮޖެކްޓް އޮފިސަރުން ފަދަ ތަފާތު ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަމަލީ ތަޖުރިބާގެ އިތުރުން މެންޓަރޝިޕް ފޯރުކޮށްދިނުމާއި، ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ހާއްސަ ތަމްރީނުތައްވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ މަގުވެސް ވަނީ ފަހިވެފައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓްގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް އެމްޓީސީސީގެ އީމެއިލް info@mtcc.com.mv އަށް މެއިލް ކުރެއްވުމަށް ނުވަތަ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.

އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

2 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

3 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

6 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

8 ދުވަސް ކުރިން - 10:53

ޓެކްސީ ލައިން އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

ޓެކްސީ ލައިން އެޕް ހެކުކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފިން: އެމްޓީސީސީ

9 ދުވަސް ކުރިން - 17:09

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

10 ދުވަސް ކުރިން - 19:59