Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 27 އޯގަސްޓް 2026 10:02
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަނީ (ފައިލް ފޮޓޯ)
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަނީ (ފައިލް ފޮޓޯ)
ޚުލާސާ

އަހަރެއްހާ ދުވަހުގެތެރޭގައި ތިލަފުއްޓައި ހަމަޔަށް ބުރިޖު ނިންމާލާނެ. ބްރިޖުގެ ހުރިހާ މަސައްކަތް ތަކެއް ވެސް ކުރިއަށް ދަނީ ބައިނަލްއަޤުވާމީ މިންގަނޑު ތަކާއި އެއްގޮތަށް، ފަންނީ ދިރާސާ ތަކުގެ މައްޗަށް ބިނާ ވެގެން ކަމުގެ ޔަޤީން ކަން ވެސް ރައީސް ދެއްވި.

މާލެއާއި ވިލިމާލެ މިހާރު ގުޅާލެވިފައިވާއިރު، ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢު އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް" ގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢަކީ ޤައުމުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާ ސީދާ ގުޅިފައިވާ، ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ފެންވަރާއި ކޮލިޓީއާ މެދު ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރު ކުރުމުގެ މަސައްކަތް ބަލަހައްޓަމުން ދަނީ ދުނިޔޭގެ މަޝްހޫރު 'އާރޮޕް' ކުންފުނިން ކަމަށެވެ. މިއީ މީގެ ކުރިން ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް އެންމެ މަތީ ފެންވަރުގައި ބެލެހެއްޓި ކުންފުނި ކަން ފާހަގަ ކުރައްވަމުން، ރައީސް ވަނީ ބްރިޖުގެ ހުރިހާ މަސައްކަތް ތަކެއް ވެސް ކުރިއަށް ދަނީ ބައިނަލްއަޤުވާމީ މިންގަނޑު ތަކާއި އެއްގޮތަށް، ފަންނީ ދިރާސާ ތަކުގެ މައްޗަށް ބިނާ ވެގެން ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

Advertisement

Advertisement 1

އަހަރެއްހާ ދުވަހުގެ ތެރޭގައި ބްރިޖުގެ މަސައްކަތް މުޅިން ނިމި، ތިލަފުއްޓާއި ހަމައަށް ގުޅާލެވުމުން، މާލެ ސަރަޙައްދުގެ ދަތުރުފަތުރަށާއި ވިޔަފާރި ތަކަށް ބޮޑު ބަދަލެއް އަންނާނެއެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އިޤްތިޞާދު ފުޅާކުރުން ކަމަށް ވާއިރު، މިފަދަ ބޮޑެތި އުމްރާނީ މަޝްރޫޢު ތަކުގެ ސަބަބުން ޤައުމުގެ މުސްތަޤްބަލު ބިނާވެގެން ދާނީ ދުރުވިސްނޭ، ހަރުދަނާ ބިންގަލެއްގެ މައްޗަށެވެ.

ތިލަމާލެ ބްރިޖުރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

1 ގަޑިއިރު ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

1 ގަޑިއިރު ކުރިން - 10:22

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

11 ގަޑިއިރު ކުރިން - 23:42

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

12 ގަޑިއިރު ކުރިން - 23:02

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

13 ގަޑިއިރު ކުރިން - 22:31

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

19 ގަޑިއިރު ކުރިން - 16:36