Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވާ ޕީއެންސީގެ މަތީ މަޖިލީހަށް ޖުމުލަ 49 މަގާމަކަށް މެންބަރުން އައްޔަނުކުރާނެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އިން 8 ގެ ނިޔަލަށް ހުޅުވާލެވޭނެ.

44 ދުވަސް ކުރިން - 23:49

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ތިލަމާލެ ބްރިޖުން ފައިމަގުގައި ރައީސާއެކު ވިލިމާލެއަށް ވަޑައިގަތުމަށްފަހު ދެއްވި އިންޓަވިއުއެއްގަ. ބްރިޖުގެ މަސައްކަތް ލަސްވުމުން ދިމާވި ގޮންޖެހުންތައް ރައީސް ހައްލުކޮށްދެއްވި ކަމަށާއި، މި ޕްރޮޖެކްޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ޝިޔާމް ފާހަގަކުރެއްވި

45 ދުވަސް ކުރިން - 20:10

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ތަރައްގީގައި އިންޖިނިއަރިންގ ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުގުވެރިކަން އިތުރުކުރުން. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ އިންޖިނިއަރުން ވަނީ ބައިވެރިންނަށް އަމަލީ ތަޖުރިބާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފަ.

45 ދުވަސް ކުރިން - 19:52

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ސަރުކާރުން ގާއިމުކުރައްވާނެކަން އިއުލާންކުރައްވާފަ. އަދި އެ ދާއިރާ ތަރައްގީކޮށް، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި.

45 ދުވަސް ކުރިން - 19:52

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

އެހީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން އަލުން ފޯމު ހުށަހަޅަންޖެހޭ. މައުލޫމާތު ސާފުކުރުމަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުއްވާ.

45 ދުވަސް ކުރިން - 19:50

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

މި ހިނގާލުމުގައި އިންޑިއާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވި. ރައީސް ވިދާޅުވީ، ސަރުކާރުން މަޝްރޫޢުތައް އަވަސްކުރުމަށް އިސްކަންދޭ ކަމަށާއި، އިންޑިއާ ސަރުކާރުގެ އެއްބާރުލުމާއެކު މިހާރު މާލެއާއި ވިލިމާލެ ގުޅާލެވިފައިވާ ކަމަށް. އަދި އުންމީދަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުން ކަމަށް.

45 ދުވަސް ކުރިން - 19:49

މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

މިއީ އަތޮޅުތަކުގެ ރަށްރަށުގައި ވޮލީބޯޅަ ކޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމައި ހުޅުވި ކޯޓެއް. މިނިސްޓަރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން މައުލޫމާތުދޭ ގޮތުގައި، އަތޮޅުތެރޭގެ އެކި ރަށްރަށުގައި 10 ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް.

45 ދުވަސް ކުރިން - 13:25

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

މި ހާރު ވަގަށް ނަގާފައިވަނީ އާންމު ޒިޔާރަތްތެރިންގެ ގޮތުގައި މިއުޒިއަމަށް ވަތް ދެ މީހަކު، ހާރު ބަހައްޓާފައި ހުރި ބިއްލޫރި ކޭސް ހަލާކުކޮށްލުމަށްފަހުގަ. ޔޫރަޕުގެ މިއުޒިއަމްތަކުން ތާރީހީ އަގުހުރި ތަކެތި ވަގަށް ނެގުމުގެ ހާދިސާތައް އިތުރުވަމުންދާތީ، މިއުޒިއަމްތަކުގެ ސެކިއުރިޓީއާމެދު މިހާރު ވަނީ ކަންބޮޑުވުންތައް އުފެދިފަ.

45 ދުވަސް ކުރިން - 13:22

އަނިޔާވި ކުޑަކުއްޖާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އަނިޔާވި ކުޑަކުއްޖާ އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަކުއްޖާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. ސައިކަލަކާއި ހިނގާފަދިޔަ މީހަކު ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ އަންހެން މީހާއަށްވެސް އަނިޔާވި.

45 ދުވަސް ކުރިން - 11:38

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

ސިނަމާލެ ބްރިޖު ހުޅުވި އޮގަސްޓު 30 އަކީ ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހަމައެކަނި އެ ބިނާއަށް ނޫން ކަމަށާއި، މުޅި އިންޖިނިއަރިންގ ދާއިރާގެ އަގުވަޒަންކުރުމަށް ކަމަށް މުއްތަލިބް ވިދާޅުވެ، ތަހުނިޔާ ފޮނުއްވައިފި.

45 ދުވަސް ކުރިން - 11:32

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

މި ހަމަލާގައި އެންބީސީގެ ކޮރެސްޕޮންޑެންޓް މެޓް ބްރެޑްލީގެ އަތަށް ދެފަހަރެއްގެ މަތިން ހަމަލާދީފައިވާއިރު، އޭނާއާއި ޓީމުގެ އިތުރު ތިން މެންބަރަކަށް ވަނީ ކްލިނިކަކުން ފަރުވާދީފަ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ވެސްޓް ބޭންކުން 76 ފަލަސްތީނުން ވަނީ ޝަހީދުވެފަ.

45 ދުވަސް ކުރިން - 11:13

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދިނުމަށްފަހު

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދިނުމަށްފަހު

މި ހާދިސާގައި ސައިކަލުގައި ތިބި އަންހެނަކަށާއި 8 އަހަރުގެ ކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވޭ. ތަހުގީގުން އެނގުނު ގޮތުގައި މަސްތުގެ ހާލަތުގައި ހުރި މި މީހާ އެކްސިޑެންޓްކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އިންޒާރުދީ، ގަދަކަމުން ކާރު އަތުލައިގެން ދުއްވައިގެންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

45 ދުވަސް ކުރިން - 02:29

Previous12345Next