ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ، އައިޖީއެމްއެޗްއަށް ބަދަލުކޮށް، ފަރުވާދޭން ފަށައިފ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށެވެ.

ފުލުހުން ބުނީ، އެ އިދާރާއަށް މިރިޕޯޓު ލިބުނޭ ރޭ 21:04 ހާއިރުކަމަށާއި، އަދި ވަގުތުން އެއަށް އިޖާބަދީ އެ ސަރަހައްދަށަ ދިޔަކަމަށެވެ. އެކްސިޑެންޓު ދިމާވާން މެދުވެރިވީ، ދުއްވާފައިދިޔަ ސައިކަލު މަގާވީ ފަޅިން ހިނގާފަ ކާރަށް އަރަން ދިޔަ މީހެއްގައިގާ ޖެހިގެން ކަމަށާއި، މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަަހަރުގެ އަންހެން މިހާއަށާއި، ފަހަތުގައި އިން 9 އަހަރުގެ އަންހެން ކުއްޖާއަށްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރި އެވެ.