އިންގިނީރިންގއަކީ ކަމައްވުމާއި ނުވުމާއި ދެމެދުގެ ފަރުގުކަމަށާއި، ރާއްޖޭގެ ގައުމީ އިންޖިނީރުންގެ ދުވަސް ފާހަގަ ކުރުމަށް މިދުވަސް ކަނަޑައެޅުއްވީ ހަމައެކަނި ސިނަމާލެ ބްރިޖާއި ގުޅުވާލައިގެން ނޫންކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ސިންމާލެ ބުރިޖު މަޝްރޫއަށް 8 އަހަރުފުރޭ މުނާސަބާއާ ގުޅިގެން މިނިސްޓަރު މުއްތަލިބް މީސްމީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބްރިޖު މަޝްރޫއުގެ ފީސިބިލިޓީ ނުވަތަ އެކަން ކުރެވުމުގެ ގާބިލިޔަތު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ މަސްއްކަތްތަކާ، ސާވޭތަކާ، ޑިޒައިން ރިވިއުކުރުމާ، އަމަލީ މަސައްކަތް ހިންގި ދުވަސްވަރު މަސައްކަތުގައި ބައިވެރިވެ، ކައިރިން އެ މަސައްކަތުގެ ތެރޭގައި އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންކަމަށެވެ.
އަދި ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރެވިދާނެތޯ ސުވާލުއުފެއްދެވިގޮތާއި، އަކަމަށް ރަށްދުވި މަލާމާތާއި ނުކުރެވޭނެކަމަށް ބުނި ބުނުންތައް އަދިވެސް ހަދާންހުރިކަމުގައި މިނިސްޓރު ވިދާޅުވި އެވެ. އެހެންނަމަވެސް، ބްރިޖުގެ މަސައްކަތް ކަންޑައެޅި ބަޖެޓުގެ ތެރެއިން ތާވާލުކުރި ތާރީހަށްވުރެ ކުރިން ނިންމާލިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ އެމަސައްކަތުގައި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ދުވަހުގެ އަމާޒަކީ ހަމައެކަނި އެންމެ ބިނާރެއް ފާހަގަކުރުން ނޫންކަމަށާއި ރާއްޖޭގެ މުސްތަގުބަލު އެ ދާއިރާއަކަށް ބިނާވެފައިވާ މުޅި އިންޖިނިއަރިންގް ދާއިރާ އެއްކޮށް ފާހަގަކުރުންކަމަށް މިނސްޓަރު ވިދާޅުވި އެވެ. އަދި ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރު ވަނީ ރާއްޖޭގައި މަސައްކަތްކުރައްވާ ހުރިހާ އިންޖިނިއަރުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފަ އެވެ.
ރާއްޖޭގައި އިންޖެނޭރުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ އޮގަސްޓްމަހުގެ 30 ވަނަ ދުވަހެވެ. އެއީ 2018 ވަނަ އަހަރު ސިނަމާލޭ ބުރިޖު ހުޅުވި ދުވަހެވެ. ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ ދާއިރާއިން ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.









