Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ފާތިމަތު އަނަން މުހައްމަދު
14 ގަޑިއިރު ކުރިން - 30 އޯގަސްޓް 2026 19:50
ފޮޓޯ: ހުލާސާ ނިއުސް
ފޮޓޯ: ހުލާސާ ނިއުސް
ޚުލާސާ

އެހީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން އަލުން ފޯމު ހުށަހަޅަންޖެހޭ. މައުލޫމާތު ސާފުކުރުމަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުއްވާ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުންދާ އިޖްތިމާއީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ އެޖެންސީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުޅުވާލައިފިއެވެ.

އެންސްޕާއިން މައުލޫމާތު ދެއްވާގޮތުގައި، ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާއީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، ތިރީގައިވާ އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން އަލުން ފޯމު ހުށަހަޅަންޖެހެއެވެ.

ރީ-ރަޖިސްޓަރީވާންޖެހޭ އެހީގެ މައިގަނޑު ބައިތައް:

Advertisement

Advertisement 1
  1. ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ
  2. ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ
  3. ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ

ރީ-ރަޖިސްޓަރީވުމަށްޓަކައި one.gov.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އެންސްޕާއިން ބުނެފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފޯމު ހުށަނާޅާ ފަރާތްތަކަށް، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހު އެހީ ކުރިއަށް ގެންދެވޭނީ އައު ފޯމެއް ހުށަހެޅުމުން ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުއްވުމަށް އެ އެޖެންސީން އެދެއެވެ.

އެންސްޕާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

88 ދުވަސް ކުރިން - 19:46

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

91 ދުވަސް ކުރިން - 20:58

އެންސްޕާގެ ސީއީއޯގެ މަގާމަށް އައިމިނަތު ޝިރްނާ އައްޔަނުކޮށްފި

އެންސްޕާގެ ސީއީއޯގެ މަގާމަށް އައިމިނަތު ޝިރްނާ އައްޔަނުކޮށްފި

118 ދުވަސް ކުރިން - 14:07

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

152 ދުވަސް ކުރިން - 20:17

ތެލަސީމިއާ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ތެލަސީމިއާ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

241 ދުވަސް ކުރިން - 19:34

ރައީސްގެ ވައުދާއި އެއްގޮތަށް އެކަނިވެރި ބެލެނިވެރިންގެ އިނާޔަތް ބޮޑުކޮށްފި

އެކަނިވެރި ބެލެނިވެރިންގެ އިނާޔަތް ބޮޑުކޮށްފި

248 ދުވަސް ކުރިން - 21:46