Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދީ، ކާރު އަތުލައިގެން

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދީ، ކާރު އަތުލައިގެން

އައިޝަތު އީމާން
2 ގަޑިއިރު ކުރިން - 30 އޯގަސްޓް 2026 02:29
ފުވައްމުލައް އެކްސިޑެންޓުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި---
ފުވައްމުލައް އެކްސިޑެންޓުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި---
ޚުލާސާ

މި ހާދިސާގައި ސައިކަލުގައި ތިބި އަންހެނަކަށާއި 8 އަހަރުގެ ކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވޭ. ތަހުގީގުން އެނގުނު ގޮތުގައި މަސްތުގެ ހާލަތުގައި ހުރި މި މީހާ އެކްސިޑެންޓްކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އިންޒާރުދީ، ގަދަކަމުން ކާރު އަތުލައިގެން ދުއްވައިގެންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި ކާރު ދުއްވި މީހާ އެ އަމަލު ހިންގާފައިވަނީ ކާރުގެ ވެރިފަރާތަށް އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، ފުވައްމުލަކު މޫޑިގެ ކުރިމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގެ އިތުރުން ރުކެއްގައި ޖައްސައި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، ސައިކަލުގެ ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންގެ މިހާތަނުގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އަދި އޭނާ މި އެކްސިޑެންޓްތައް ހިންގާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރުދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ދުއްވައިގެން ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓްމަގުމަތީގެ އެކްސިޑެންޓްފުވައްމުލައް ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

2 ގަޑިއިރު ކުރިން - 02:07

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

ބްރިޖް ހައިވޭގައި ބިރުވެރި އެކްސިޑެންޓެއް: ކުޑަކުއްޖަކާއެކު ދެ މީހަކު ހޮސްޕިޓަލަށް!

8 ދުވަސް ކުރިން - 12:10

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

48 ދުވަސް ކުރިން - 19:32

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

64 ދުވަސް ކުރިން - 20:02

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

82 ދުވަސް ކުރިން - 17:20

ލޯންޗު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް!

ލޯންޗު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް!

89 ދުވަސް ކުރިން - 09:28