39 މީހުން ހިމަނައިގެން ކުރި ފުރަތަމަ މަރުހަލާގެ ޓެސްޓުތައް މިހާރު ވަނީ ނިމިފަ. މިއީ ކޮވިޑް-19 ގެ ހުރިހާ ބާވަތްތަކެއްގެ އިތުރުން، މިހާރު ޖަނަވާރުންގެ މެދުގައި ފެތުރެމުންދާ އަދި އިންސާނުންގެ ތެރެއަށް ފެތުރި ބަލިމަޑުކަމަކަށް ބަދަލުވުމުގެ ބިރުއޮތް ކޮރޯނާ ވައިރަހުގެ ހުރިހާ އާއިލާއަކުން ރައްކާތެރިކޮށްދޭނެ ގޮތަށް ފަރުމާކޮށްފައިވާ ވެކްސިނެއް.
138 ދުވަސް ކުރިން - 13:35
ހިދުމަތްތައް އަވަސްކުރުމަށް އެންސްޕާގެ ބައެއް އެހީތައް އާސަންދައިގެ ދަށަށް ބަދަލުކޮށް، ރާއްޖޭގައި ފަރުވާ ހުރި ނަމަވެސް ބަލިމީހާގެ ހާލަތަށް ބަލައި އާސަންދައިގެ އެހީގައި ރާއްޖޭން ބޭރަށް ފަރުވާއަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ.
140 ދުވަސް ކުރިން - 19:46
މި ބަލިން ރައްކާތެރިވުމަށްޓަކައި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އާމުންނަށް އިލްތިމާސްކޮށްފައި.
141 ދުވަސް ކުރިން - 21:52
މިއީ މި ބައްޔަށް ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކުރިއެރުމެއް. މިއީ ކޮންގޯގައި އެބޯލާ ފެތުރޭ 17 ވަނަ ފަހަރު. މި ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އޮވޭ.
143 ދުވަސް ކުރިން - 20:36
ސިނގިރޭޓެއްގެ ޑިއުޓީ 4 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރަން ނިންމީ ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލާފައި ކަމަށް އިހުސާން ވިދާޅުވި. އިހުސާން ވިދާޅުވީ ޑަބްލިއުއެޗްއޯ ގެ ލަފަޔަކީ 2026 ވަނަ އަހަރު ސިނގިރޭޓެއްގެ އަގު 4 ރުފިޔާގައި ހިފެހެއްޓުން ކަމަށް.
143 ދުވަސް ކުރިން - 17:38
ހެލްތު މިނިސްޓަރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މި މަސައްކަތުގައި ނުހަނު މުހިންމު ކަމަށް.
143 ދުވަސް ކުރިން - 17:03
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންގޯގައި މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، މަދުވެގެން 246 މީހުން ވަނީ މަރުވެފަ. ބަލި ކޮންޓްރޯލް ކުރުމަށް ހުރި ހުރަސްތަކުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާއި ބޯޑަރުތަކާއި އެއާޕޯޓްތައް ބަންދުކުރުމުގެ ފަދަ ކަންކަން ހިމެނޭ.
143 ދުވަސް ކުރިން - 05:33
މި ދިރާސާގައި 4،000 މީހުން ބައިވެރިވި. ދިރާސާއިން ދެއްކި ގޮތުގައި، ބަލިމީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ކީމޯތެރަޕީއާ ނުލައި ހަމައެކަނި ހޯރމޯން ތެރަޕީ ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެ މީހުން.
144 ދުވަސް ކުރިން - 21:55
ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެޚިދުމަތް މިއަހަރު ޤާއިމްކުރާނެ. މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވޭ.
149 ދުވަސް ކުރިން - 10:58
ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ފާހަގަކުރި.
150 ދުވަސް ކުރިން - 15:55
ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލުން އިލްތިމާސްކުރޭ. އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ 7 މީހަކު ވަނީ ފެނިފައި.
151 ދުވަސް ކުރިން - 23:08
ހަންޓާވައިރަސް ފެތުރެނީ މީދަލުގެ ކުޑަކަމުދާ ތަކެތި، ނަޖިސް ނުވަތަ ކުޅު އެކުލެވޭ ވައިގެ ތެރެއަށް ނޭވާލުމުގެ ސަބަބުން އިންސާނުންގެ ގަޔަށް މި ވައިރަސް އަރައިގެންކަން ފާހަގަކޮށްލެވޭ.
163 ދުވަސް ކުރިން - 21:52