
އެބޯލާއަކީ ޖަނަވާރުންގެ ކިބައިންނާއި އިންސާނުންގެ ހަށިގަނޑުން ބޭރުވާ ދިޔާތަކެތީގެ ޒަރީއާއިން ވަރަށް ފަސޭހައިން ފެތުރޭ، އަދި ފުރާނައަށް ނުރައްކާތެރި ވައިރަހެއް. ކެންޔާއިން ވެސް 9 މީހުން ޕޮޒިޓިވް ވެއްޖެ.
19 ގަޑިއިރު ކުރިން - 06:45
ދުނިޔޭގެ ނަފުސާނީ ސިއްހަތު ދުވަހުގެ ގޮތުގައި އޮކްޓޫބަރު 10 ވަނަ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ގައުމީ ހަރަކާތްތައް ކުރިއަށްދަނީ ކާށިދޫގަ. މިއަހަރުގެ ޝިޢާރަކީ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު"
12 ދުވަސް ކުރިން - 14:38
ޒަމާނީ ވަސީލަތްތަކާއި އޭއައިގެ އެހީގައި ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއެރުވުމަށާއި، ރާއްޖޭގެ ޖަޒީރާ މާހައުލުގައި ދުރުމިނުގެ ސަބަބުން ފަރުވާއަށް ހުރަހަކަށް ނުވާނެހެން ހިދުމަތްތައް ފުޅާކުރުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފަ.
13 ދުވަސް ކުރިން - 13:20
މި ހާދިސާއާ ގުޅިގެން ކެންޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަލިޖެހުނު މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ފަށައި، އެއާޕޯޓުތަކާއި ބޯޑަރު ސަރަހައްދުތަކުގެ ސިއްހީ މޮނިޓަރިން ވަރުގަދަކޮށްފަ. ޓެސްޓުތަކުން ދައްކާގޮތުގައި އެ މީހާއަށް ޖެހިފައިވަނީ އެބޯލާގެ ވަރަށް މަދުން ފެންނަ 'ބުންޑިބުގްޔޯ ސްޓްރެއިން' ނަމަކަށް ކިޔާ ވައިރަހެއް.
13 ދުވަސް ކުރިން - 12:56
މަގުސަދަކީ، އަންނަ ޑިސެންބަރު 9 ގައި އަމަލުކުރަން ފަށާ މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، މުއްދަތު ހަމަވާ ތާރީހު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުން. މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ވިޔަފާރިތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.
13 ދުވަސް ކުރިން - 10:55
ނ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތާއި، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި. އަދި އަތޮޅު ތެރޭގައި ޑައިލިސިސްއާއި ދަތުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިފައިވޭ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށްވެސް އެކިކަހަލަ ހިދުމަތްތައް ތައާރަފްކޮށް ހިދުމަތް ދޭން ފަށައިފި.
13 ދުވަސް ކުރިން - 10:49
ލެބް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ، އެ ރަށުގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން. މިއީ ސަރުކާރުން އަތޮޅުތަކުގައި ހުޅުވި 21 ވަނަ ލެބޯޓަރީއަށްވާއިރު، މީގެ ސަބަބުން އެހެން ރަށްރަށަށް ދަތުރުނުކޮށް އަމިއްލަ ރަށުން ޓެސްޓުތައް ހެދޭނެ.
17 ދުވަސް ކުރިން - 16:24
އޮކްޓޫބަރު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަންގެ ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30. މި ހަރަކާތުން ލިބޭ ފައިސާ ބޭނުންކުރާނީ ހޭލުންތެރިކުރުވުމާއި ހިލޭ ސްކްރީންކުރުމަށް. ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި ނުވަތަ ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ހަނދާނުގައި ހާއްސަ ބިބް ބޭނުންކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ.
26 ދުވަސް ކުރިން - 14:21
މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިންޑިއާ ފަދަ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް. ޑަބްލިޔުއެމްއޯއިން ބުނަނީ މިއީ ރެކޯޑްފަށުން އައި އެންމެ ބާރުގަދަ އެލް ނީނޯއަށް ވެދާނެ ކަމަށް. މި ނުރައްކަލުން ސަލާމަތްވުމަށް ކުއްލި ފިޔަވަޅުތައް އެޅުމަށް ދިރާސާވެރިން ވަނީ އިލްތިމާސްކޮށްފަ.
27 ދުވަސް ކުރިން - 20:34
އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއަށް ހާއްސަ 2 ވަނަ ނިއޯނޭޓަލް ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙްކޮށްދެއްވި. 3 ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލަކުން ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވޭ.
30 ދުވަސް ކުރިން - 14:59
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީވުމަށް ޔޫތު މިނިސްޓްރީން "1456" ގެ ނަމުގައި ހޮޓްލައިނެއް ތަޢާރަފުކޮށްފި. ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ހިލޭ ގުޅޭ މި ހޮޓްލައިން މެދުވެރިކޮށް ސިއްރު ހިފެހެއްޓިގެން އެހީތެރިކަން ލިބޭނެ.
31 ދުވަސް ކުރިން - 14:12
ބަލިކޮށް ތިބެގެން މަސައްކަތްކުރަން ހިތްވަރުދޭ "ކެރީ-އޮން ކަލްޗަރ" އަކީ މައްސަލައެއް. ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ގާބިލުކަން ހުރިތޯ ބަލައި، އަރާމުކުރަންޖެހޭ ހާލަތްތަކުގައި ޗުއްޓީ ނެގުމަކީ ކުށެއް ނޫން.
34 ދުވަސް ކުރިން - 15:11
ފަސްގަނޑާއި ގުދުރަތީ ތަކެއްޗާ ކުޑަ ވަގުތުކޮޅަކަށް ނުވަތަ ގަވާއިދުން ބައްދަލުވުމުންވެސް، އިންސާނުންގެ ހަމުގައި ދިރިއުޅޭ މައިކްރޯބްސްގެ ތަފާތު ވައްތަރުތައް އިތުރުވެ، ދިފާއީ ނިޒާމަށް ބާރު ލިބިދޭ. ކުޑަކުދިންނާއި ބޮޑެތި މީހުންގެވެސް ހަށިގަނޑުގައި ދުޅަވުމާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް އިތުރުވެ، ސިއްހަތަށް ބޮޑެތި ފައިދާތަކެއް ލިބިގެންދޭ.
36 ދުވަސް ކުރިން - 10:47