ލެބޯޓަރީގެ ޚިދުމަތް ނުލިބޭ ރަށްރަށަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް ޓަކައި، 15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.
ލެބޯޓަރީ އިމާރާތް ތަރައްޤީކުރާ ރަށްތައް:
- ރ. ފައިނު
- ނ. ކުޑަފަރި
- ނ. ފޮއްދޫ
- ބ. ކުޑަރިކިލު
- ބ. ދޮންފަނު
- މ. ރަތްމަންދޫ
- ލ. މުންޑޫ
- ލ. ކުނަހަންދޫ
- ށ. ގޮއިދޫ
- ހއ. މުރައިދޫ
- ހދ. ކުމުންދޫ
- ހދ. ނައިވާދޫ
- ތ. އޮމަދޫ
- ތ. ގާދިއްފުށި
- އދ. ދިއްދޫ
މި ރަށްތަކުގައި ލެބޯޓަރީ އިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން tender@health.gov.mv އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުޞަތު ޞިއްޙީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.
15 ރަށެއްގައި ލެބޯޓަރީ ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެޚިދުމަތް ޤާއިމްކުރުމަށް ޞިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.








