Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުރަމަތީގެ ކެންސަރު ޖެހޭ ބަލިމީހުންނަށް ކީމޯތެރަޕީއާ ނުލައި ފަރުވާ ހޯދޭނެކަން ދިރާސާއަކުން ދައްކައިފި

އުރަމަތީގެ ކެންސަރު ޖެހޭ ބަލިމީހުންނަށް ކީމޯތެރަޕީއާ ނުލައި ފަރުވާ ހޯދޭނެކަން ދިރާސާއަކުން ދައްކައިފި

ހުސައިން އިސްމާއިލް
94 ދުވަސް ކުރިން - 30 މެއި 2026 21:55
ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓެއް---
ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓެއް---
ޚުލާސާ

މި ދިރާސާގައި 4،000 މީހުން ބައިވެރިވި. ދިރާސާއިން ދެއްކި ގޮތުގައި، ބަލިމީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ކީމޯތެރަޕީއާ ނުލައި ހަމައެކަނި ހޯރމޯން ތެރަޕީ ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެ މީހުން.

އުރަމަތީގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މިލިއަނުން ބަލިމީހުންނަށް، ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ސައިޑް އިފެކްޓްތަކާ ނުލައި ރައްކާތެރިކަމާއެކު ފަރުވާ ފުރިހަމަކުރެވިދާނެކަން އާ ދިރާސާއަކުން ދައްކައިފިއެވެ. ސައިންސްވެރިން މިހާރު ވަނީ ކީމޯތެރަޕީގެ ފައިދާ ކުރާނީ ކޮން ބަލިމީހުންނަކަށްތޯ ބަލައި، އެނޫން މީހުން ވަކިކުރެވޭނެ ޑީ.އެން.އޭ ޓެސްޓެއް އުފައްދާފައެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫ.ސީ.އެލް) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ބައިނަލްއަގުވާމީ ދިރާސާގައި އިނގިރޭސިވިލާތް، ނޯވޭ، ސްވިޑަން، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ތައިލެންޑް ހިމެނޭހެން 4،000 އަށްވުރެ ގިނަ ބަލިމީހުން ބައިވެރިވިއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ބަލިމީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ކީމޯތެރަޕީއާ ނުލައި ހަމައެކަނި ހޯރމޯން ތެރަޕީ ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެ މީހުންނެވެ.

"ޕްރޮސިގްނާ" ގެ ނަމުން ނަންދެވިފައިވާ މި ޖީން ޓެސްޓަކީ އުރަމަތީގެ ކެންސަރު ފެތުރުމުގައި ބައިވެރިވާ 50 ޖީނެއްގެ ހަރަކާތްތެރިކަން ދެނެގަނެ، ބަލި އަލުން އެނބުރި އައުމުގެ ފުރުސަތު އޮތް މިންވަރު ބަލާ ޓެސްޓެކެވެ. މި ޓެސްޓުން ދަށް މާކްސް ލިބުނު މީހުންނަށް ކީމޯތެރަޕީ ނުދީ ފަރުވާ ކުރިއަށް ގެންދިޔައިރު، ފަސް އަހަރުގެ ސަަަަަވައިވަލް ރޭޓް ހުރީ 93.7 އިންސައްތައިގައެވެ. މިއީ ކީމޯތެރަޕީ ދިން މީހުންގެ ސަވައިވަލް ރޭޓް ކަމަށްވާ 94.9 އިންސައްތައާ ވަރަށް ގާތް އަދަދެކެވެ.

Advertisement

Advertisement 1

އާންމުކޮށް އުރަމަތީގެ ކެންސަރަށް ދެވޭ މައިގަނޑު ފަރުވާއަކީ އޮޕަރޭޝަން ކޮށްގެން ގަނޑު ނެގުމެވެ. އޭގެ ފަހުން ބަލި އަލުން އައުމުގެ ފުރުސަތު ކުޑަކުރުމަށް ކީމޯތެރަޕީ ދެއެވެ. ނަމަވެސް، ކީމޯތެރަޕީގެ ސަބަބުން ވަރުބަލިވުމާއި، މޭނުބައިކުރުމާއި، އިސްތަށި ފޭބުމާއި، ދިފާއީ ނިޒާމު ބަލިކަށިވުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ.

ކެންސަރުގެ މާހިރެއް ކަމަށްވާ ޕްރޮފެސަރ ޑޭވިޑް މައިލްސް ވިދާޅުވީ، މިއީ ފަރުވާ ދިނުމުގެ އުސޫލުތަކަށް އަންނާނެ ބޮޑު ބަދަލެއް ކަމަށެވެ. ކުރިން 10 މީހަކަށް ފައިދާކުރާނެ ކަމަށް ބަލައި 100 މީހުންނަށް ކީމޯތެރަޕީ ދިން ނަމަވެސް، މިހާރު މި ޓެސްޓުގެ އެހީގައި އެކަމުން ސަލާމަތްވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިރާސާގައި ބައިވެރިވި 64 އަހަރުގެ ކޭރަން ބޮންހަމް ބުނިގޮތުގައި، މި ޓެސްޓުގެ ސަބަބުން އޭނާއަށް ކީމޯތެރަޕީއާ ނުލައި ފަރުވާ ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މި ހޯދުންތައް ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ޗިކާގޯގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކެންސަރު ކޮންފަރެންސްގައެވެ. ނަމަވެސް، އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް މި ޓެސްޓު ބޭނުންކުރެވޭނެ މިންވަރު ދެނެގަތުމަށް އަދިވެސް އިތުރު ދިރާސާތަކެއް ބޭނުންވާ ކަމަށް ޔޫ.ސީ.އެލް އިން ފާހަގަކުރެއެވެ.

ލަންޑަންކީމޯތެރަޕީކެންސަރުއުރަމަތީ ކެންސަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

10 ދުވަސް ކުރިން - 15:57

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

91 ދުވަސް ކުރިން - 06:44

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

92 ދުވަސް ކުރިން - 03:22

ލަންޑަން ފުލުހުންގެ ސިޔާސަތަށް ގެނައި ބަދަލާއެކު "ޕަލަސްޓައިން އެކްޝަން" ގެ ސަޕޯޓަރުން ހައްޔަރުކޮށްފި

އާ ސިޔާސަތާއެކު "ޕަލަސްޓައިން އެކްޝަން"ގެ ސަޕޯޓަރުން ހައްޔަރުކޮށްފި

157 ދުވަސް ކުރިން - 01:43

ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް ހޯދައިފި

ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް

213 ދުވަސް ކުރިން - 10:47

ލަންޑަނުގައި ފަލަސްޠީނުގެ އެމްބަސީ ހުޅުވައި ދިދަ ވިހުރުވާލައިފި

ލަންޑަނުގައި ފަލަސްޠީނުގެ އެމްބަސީ ހުޅުވައި ދިދަ ވިހުރުވާލައިފި

238 ދުވަސް ކުރިން - 06:02