Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

ހުސައިން އިސްމާއިލް
137 ދުވަސް ކުރިން - 1 ޖޫން 2026 03:22
އާސެނަލްގެ ކާމިޔާބީ ފާހަގަކުރަނީ---
އާސެނަލްގެ ކާމިޔާބީ ފާހަގަކުރަނީ---
ޚުލާސާ

މި އުފާފާޅުކުރުމުގައި ފިރިހެން ޓީމުގެ އިތުރުން، މި ސީޒަނުގައި ފީފާ ވިމެންސް ޗެމްޕިއަންސް ކަޕް ކާމިޔާބުކުރި އާސެނަލްގެ އަންހެން ޓީމުވެސް ވަނީ ބައިވެރިވެފަ. އިސްލިންގްޓަންގެ ފަސް މޭލުގެ ސަރަހައްދެއްގައި ބޭއްވި މި ރެލީ ނިންމާލާފައިވަނީ އެމިރޭޓްސް ސްޓޭޑިއަމް ކައިރިން.

ދިގު 22 އަހަރަށްފަހު އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި އާސެނަލްއިން ކާމިޔާބުކުރުމާ ގުޅިގެން، އެކަން ފާހަގަކުރުމަށް އުތުރު ލަންޑަންގެ މަގުތަކަށް އެތައް ހާސް ސަޕޯޓަރުންނެއް ނުކުމެ، ބޮޑު އުފާފާޅުކުރުމެއް ބާއްވައިފިއެވެ.

އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ހުޅުވާލެވިފައިވާ ބަސްތަކެއްގައެވެ. އިސްލިންގްޓަންގެ ފަސް މޭލުގެ ސަރަހައްދެއްގައި ބޭއްވި މި ރެލީ ނިންމާލާފައިވަނީ އެމިރޭޓްސް ސްޓޭޑިއަމް ކައިރިންނެވެ. މި އުފާފާޅުކުރުމުގައި ފިރިހެން ޓީމުގެ އިތުރުން، މި ސީޒަނުގައި ފީފާ ވިމެންސް ޗެމްޕިއަންސް ކަޕް ކާމިޔާބުކުރި އާސެނަލްގެ އަންހެން ޓީމުވެސް ވަނީ ބައިވެރިވެފައެވެ.

މި ކާމިޔާބީގެ އުފާފާޅުކުރުން ބާއްވާފައިވަނީ، ބުޑަޕެސްޓްގައި އިއްޔެ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ އަތުން އާސެނަލްގެ ބަލިވި ނަމަވެސް، ލީގު ތަށި ހޯދުމުގެ އުފާވެރިކަމާއެކުގައެވެ. ރެލީގެ ތެރެއިން ބުކާޔޯ ސާކާ ފަދަ މަޝްހޫރު ކުޅުންތެރިން ވަނީ ޕްރެމިއާ ލީގުގެ ތަށި ހިފައިގެން ސަޕޯޓަރުންނަށް ހިތްވަރު ދީފައެވެ.

Advertisement

Advertisement 1

މުޅި ސަރަހައްދު ވަނީ އާސެނަލްގެ ކުލަ ކަމަށްވާ ރަތް ކުލައިގެ ދުމާއި، ދިދަތަކުން ފުރާލާފައެވެ. ސަޕޯޓަރުން ދިޔައީ "ވޫވޫޒޭލާ" ބޭނުންކޮށްގެން އަޑުގަދަކޮށް، އުފާފާޅުކުރަމުންނެވެ. ބައެއް ކުޅުންތެރިން ވަނީ ބަސްމަތީގައި ތިބެ ސަޕޯޓަރުންނަށް އާސެނަލްގެ "ސްކާފް" އުކާފައެވެ.

މި ހަރަކާތުގައި ބައިވެރިވި ސަޕޯޓަރެއް ކަމަށްވާ ޖޯ، އޭނާގެ ދަރިފުޅު ޓްރޭއާއެކު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ، މިއީ ފާއިތުވި ހަތަރު ސީޒަނުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، މިކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ޓީމުގެ ކުޅުން ރަނގަޅުވެ، ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.

އާސެނަލްގެ ދަނޑު ކައިރީގައި ދިރިއުޅޭ ތެރީސާ ބުނިގޮތުގައި، އޭނާއަކީ އުފަންވީއްސުރެ އާސެނަލްގެ ސަޕޯޓަރެކެވެ. މީގެ 20 އަހަރު ކުރިން އާސެނަލް ތަށި ހޯދި މަންޒަރު އޭނާއަށް ފެނުނު ނަމަވެސް، މިފަހަރުގެ ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށްފަހު ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ. އެހެން ސަޕޯޓަރެއް ކަމަށްވާ މައިކަލް ބުނީ މިއީ "ހުވަފެނެއް ހަގީގަތަކަށް ވުން" ކަމަށެވެ.

ނަމަވެސް، މި ބޮޑު އެއްވުމުގެ ތެރޭގައި ބައެއް ނުރައްކާތެރި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. މެޓްރޮޕޮލިޓަން ޕޮލިހުން ބުނިގޮތުގައި، މި ހަރަކާތާ ގުޅިގެން 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަސްތުގެ ހާލަތުގައި ތިބުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޖިންސީ ގޯނާ އަދި ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން، ހޯންސީ ރޯޑް ސަރަހައްދުގައި ވަޅިން ހަމަލާދިނުމުގެ ހާދިސާއެއް ހިނގައި، މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.

އަލިފާން ނިއްވާ އިދާރާއިން ބުނިގޮތުގައި، ސަޕޯޓަރުން ބޭނުންކުރި "ފްލެއާ" އެއްގެ ސަބަބުން ހޮޓަލެއްގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަދި އުސް ތަންތަނަށް އަރައި އުޅުނު 75 އެއްހާ މީހުން ސަލާމަތްކުރަން ޖެހުނު ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

އާސެނަލްއިނގިރޭސި ޕްރިމިއަރ ލީގުލަންޑަންއިނގިރޭސީވިލާތް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

4 ދުވަސް ކުރިން - 20:21

އެއާބޭސް ގޮއްވާލަން އުޅުނު މައްސަލައިގެ ފަހަތުގައި އީރާން އޮވެދާނެ: ޔޫކޭގެ ބޮޑުވަޒީރު

އެއާބޭސް ގޮއްވާލަން އުޅުނު މައްސަލައިގެ ފަހަތުގައި އީރާން އޮވެދާނެ: ޔޫކޭގެ ބޮޑުވަޒީރު

15 ދުވަސް ކުރިން - 08:42

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

16 ދުވަސް ކުރިން - 08:51

ޔޫކޭ އެއާބޭސް ކައިރިން ފެނުނު ގޮވާތަކެއްޗާއި އީރާނާއި ގުޅުމެއް ނެތް: ތެހެރާން

ޔޫކޭ އެއާބޭސް ކައިރިން ފެނުނު ގޮވާތަކެއްޗާއި އީރާނާއި ގުޅުމެއް ނެތް: ތެހެރާން

18 ދުވަސް ކުރިން - 19:01

އޮޑެގާޑްގެ ލަނޑުން ނަޕޯލީ ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއާއެކު

އޮޑެގާޑްގެ ލަނޑުން ނަޕޯލީ ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއާއެކު

36 ދުވަސް ކުރިން - 08:58

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

38 ދުވަސް ކުރިން - 11:58