ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި، މި ފިޔަވަޅަކީ ސައުދީން ޔަމަނަށް ކުރިމަތިކުރުވާފައިވާ ދަތިކުރުންތަކަށް ރައްދުދިނުމުގެ ގޮތުން "ލޮލަކަށް ލޮލެއް" އުސޫލުން ވަގުތުން ވަގުތަށް ތަންފީޒުކުރަން ފެށި ބްލޮކޭޑެއް.
87 ދުވަސް ކުރިން - 09:27
އީރާނުން ދިން ހަމަލާއެއްގައި މަރުވި އެމެރިކާގެ ދެ ސިފައިން ކަމަށްވާ ފަސްޓް ލެފްޓިނަންޓް ޓައިލާ ޖޭމްސް ފީހަން އާއި ޕްރައިވެޓް އިޒަބެލާ ގޮންޒާލެސްގެ ވަނަވަރު ޕެންޓަގަނުން ހާމަކޮށްފިއެވެ. އުރުދުންގައި ހުންނަ މުއައްފަގު ސަލްތީ އެއާ ބޭސްގައި ހަރަކާތްތެރިވަމުން ދިޔަ މި ދެ ސިފައިން މަރުވީ ބެލިސްޓިކް މިސައިލް އަދި
88 ދުވަސް ކުރިން - 22:44
މިއަދު ދެޑްރޯން ވައްޓާލައިފި. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ އެންމެ ޒަމާނީ އަދި އަގުބޮޑު އެމްކިއު9 މޮޑެލްގެ ގާތްގަނޑަކަށް 30 ޑްރޯން އީރާނުން ވަނީ ވައްޓާލާފަ. މިއަދު ވައްޓައިލި އެމްކިއު9 އަކާއި ލޫކަސް ޑްރޯން އެއް.
89 ދުވަސް ކުރިން - 22:05

ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވަމުންދާތީ، ޒަހަމްވި 60 މީހުންނަށް ފުރާނަ ސަލާމަތްކުރެވޭފަދަ އެކަށީގެންވާ ފަރުވާއެއް ދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ
89 ދުވަސް ކުރިން - 13:36
ކުވެއިތުން ހުރިހާ ވަސީލަތްތަކަކަށް އެދިފައިވީ ނަމަވެސް، މިވަގުތު ކުވެއިތަށް "ހަނގުރާމަވެރި ސިފައިން ނުވަތަ ފައިޓަރު ޖެޓުތައް ފޮނުވުމަކަށް ޕާކިސްތާނުން ގަބޫލެއް ނުވޭ. ސަބަބަކީ ސަރަހައްދީ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއަށް ޕާކިސްތާނުގެ އަސްކަރިއްޔާ ސީދާ ގޮތެއްގައި ވަންނަން ބޭނުންނުވާތީ.
89 ދުވަސް ކުރިން - 13:25

އުރުދުންގައި ހުންނަ، އެއާ ބޭސްއަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންނަށް ބޮޑެތި އަނިޔާވެ ޒަހަމް ވެފައި ވޭ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުންދޭ ހަމަލާތައް ވަރުގަދަކޮށްފި.
90 ދުވަސް ކުރިން - 14:01
އެމެރިކާއިން އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ރިފިއުލިންގް ބޯޓުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ތެލް އަވީވް ކައިރީގައިވާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިހާރުވެސް އެ އެއާޕޯޓުގައި 30 ބޯޓު އަދި ދެކުނު އިސްރާއީލުގެ ރާމޮން އެއާޕޯޓުގައި 30 ބޯޓު އެމެރިކާއިން ގާއިމުކޮށްފައިވޭ.
90 ދުވަސް ކުރިން - 10:43
އީރާނުގެ އަސްކަރިއްޔާއިން ބުނީ، ކުވެއިތުގައި އެމެރިކާއިން ބޭނުންކުރާ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމްތަކަށާއި އެ ގައުމުގައި ހުރި ތެޔޮ ރައްކާކުރާ ބޮޑެތި ގުދަންތަކަށް ކާމިޔާބުކަމާއެކު ހަމަލާ ދީފައިވާ ކަމަށް. އެކަކު ޒަހަމް ވި.
91 ދުވަސް ކުރިން - 11:47
މި ހަމަލާގައި އަޒްރަގް ބޭހުގައި ހުރި އެމެރިކާގެ މުވާސަލާތީ ނިޒާމްތަކަށާއި، ރާޑަރުތަކަށާއި، ތެޔޮ ރައްކާކުރާ ހަބުތަކުގެ އިތުރުން އެމެރިކާގެ ފައިޓަރު ޖެޓުތައް ބާއްވާފައި ހުރި ހޭންގަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ.
92 ދުވަސް ކުރިން - 11:19
ހާދިސާގެ ހެކިތައް ކަމަށް ބުނެ އީރާނުން ދެއްކީ "އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ" ދޮގު ހެކިތަކެއް ކަމަށް ޓްރަމްޕް ބުނޭ. މި ހަމަލާގައި ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސާބިތުކޮށްދޭ ގިނަ ހެކިތަކެއް ފެންނަން ހުރި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ހަގީގަތެއް ނެތް މަންޒަރުތަކެއް ކަމަށް ބުނެފަ.
93 ދުވަސް ކުރިން - 19:33
ބޯޓު އަޑިއަށް ދިޔައީ ގުދުރަތީ ހާދިސާއަކުން ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ސަރަހައްދުގެ ސިޔާސީ މަސްރަހު އޮތްގޮތުން މިކަމުގައި އެހެން ބާރެއްގެ އަތެއް ވޭތޯ ބެލުމަށް ސަލާމަތީ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުން.
93 ދުވަސް ކުރިން - 18:46
މި ޗެނަލްތަކުން އަންހެނުންގެ ފޮޓޯތައް ބޭނުންކުރަނީ ގިނަ ފޮލޯވަރުން ހޯދުމަށާއި، އަދި ބައެއް ހާލަތްތަކުގައި އެ އަންހެނުންނާއި އެމީހުންގެ އާއިލާތަކަށް ބިރުދައްކައިގެން ކްރިޕްޓޯކަރަންސީން ފައިސާ ހޯދުމަށް ކަމަށް. މި ފޮޓޯތައް އާންމުވުމުގެ ސަބަބުން ފަސް އަންހެން ކުއްޖަކު އަމިއްލައަށް މަރުވެފައިވާ ކަމަށް.
94 ދުވަސް ކުރިން - 23:45