Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް މެދުން ބިނދި އަޑިއަށް!

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް މެދުން ބިނދި އަޑިއަށް!

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 15 ޖުލައި 2026 18:46
އީރާނު ކައިރިން ތުރުކީގެ ލޫނީ ކާގޯ ޝިޕް އަޑިޔަށްދާ
ދާ މަންޒަރު.
އީރާނު ކައިރިން ތުރުކީގެ ލޫނީ ކާގޯ ޝިޕް އަޑިޔަށްދާ ދާ މަންޒަރު.
ޚުލާސާ

ބޯޓު އަޑިއަށް ދިޔައީ ގުދުރަތީ ހާދިސާއަކުން ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ސަރަހައްދުގެ ސިޔާސީ މަސްރަހު އޮތްގޮތުން މިކަމުގައި އެހެން ބާރެއްގެ އަތެއް ވޭތޯ ބެލުމަށް ސަލާމަތީ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުން.

އީރާނުގެ ބަންދަރު އައްބާސް ބަނދަރާ ކައިރިން، ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި ތުރުކީގެ މުދާ އުފުލާ ބޯޓެއް މެދުން ބިންދައިގެން ގޮސް ކަނޑުގެ އަޑިއަށް ހިނގައްޖެއެވެ. "ލޫނީ" ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ އެމެރިކާއިން އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ބުނެފައި ވަނިކޮށް، އީރާނުގެ ރަސްމީ ހުއްދައަކާ ނުލައި ކަނޑުއޮޅި ހުރަސްކުރަން އެ ބޯޓުން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބާއި ބެހޭގޮތުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާތަކުން ބުނަނީ، މިއީ ބޯޓަށް ދިން ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށެވެ. މި ބޯޓަކީ އިންޑިއާއިން ފުރައިގެން ދުބާއީގެ ޖެބެލް އަލީ ބަނދަރަށް ދަތުރުކުރި ބޯޓެކެވެ. ނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން އެހެން އުޅަނދަކާ މުޑިއެރުމުގެ ސަބަބުން ބޯޓުގެ ބަނޑުފިލައަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ބޯޓަކީ 32 އަހަރުވީ ބާ ބޯޓަކަށް ވުމުން، ކަނޑުގެ ބާނީގެ ތެރޭގައި ބަރުދަން ހިފަހައްޓާނުލެވި މެދުން ބިންދައިގެން ދިޔައީއެވެ.

Advertisement

Advertisement 1

ބޯޓު ދެފަޅިވެ އަޑިއަށް ދިޔަ ނަމަވެސް، އޭގައި ތިބި ހުރިހާ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. އީރާނުގެ ރެސްކިއު ޓީމުތަކުން ބޯޓުގައި ތިބި 23 ފަޅުވެރިންވެސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްކޮށް، އީރާނުގެ ގޭޝްމް ރަށަށް ރައްކާތެރިކަމާއެކު ވަނީ ގެންގޮސްދީފައެވެ.

ބޯޓު އަޑިއަށް ދިޔައީ ގުދުރަތީ ހާދިސާއަކުން ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ސަރަހައްދުގެ ސިޔާސީ މަސްރަހު އޮތްގޮތުން މިކަމުގައި އެހެން ބާރެއްގެ އަތެއް ވޭތޯ ބެލުމަށް ސަލާމަތީ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އީރާންތުރްކިއޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުގެ ލޮރެސްތާން ޕްރޮވިންސްގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އީރާނުގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

20 ގަޑިއިރު ކުރިން - 23:45

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

2 ދުވަސް ކުރިން - 12:01

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

2 ދުވަސް ކުރިން - 11:09

އީރާނުން ގަތަރު، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތަށް ހަމަލާދީފި

އީރާނުން ގަތަރު، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތަށް ހަމަލާދީފިޓ

3 ދުވަސް ކުރިން - 09:50

ހުރްމުޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ފޮރިން މިނިސްޓަރު އޮމާނަށް ވަޑައިގެންފި

ހުރްމުޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ފޮރިން މިނިސްޓަރު އޮމާނަށް ވަޑައިގެންފި

3 ދުވަސް ކުރިން - 22:46