އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ދަތުރުކުރި "ވިންގް އޮފް ޒަޔަން" ރަސްމީ މަތިންދާބޯޓު ފުރާފައިވަނީ އާންމުކޮށް ބޭނުންކުރާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި، ދެކުނު އިސްރާއީލުގެ ނެގެވް ސަހަރާގައި އޮންނަ ނެވަޓިމް އަސްކަރީ އެއާބޭސްއިން.
80 ދުވަސް ކުރިން - 02:21
މާކޯ ރޫބިއޯ މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ އައިސީސީ އަކީ އެއްވެސް އުސޫލެއް ނެތް ތަނެއް ކަމަށާއި، އެ ކޯޓު "މުޅިން ސުންނާފަތި ކޮށްލާނެ" ކަމަށް.
81 ދުވަސް ކުރިން - 10:09
މި ބޯޓަކީ އެފްރިކާގެ ދި ގޭމްބިއާ އިން ފުރައިގެން ސްޕެއިންގެ ކެނޭރީ އައިލެންޑްސްއަށް ދިއުމަށް މިދިޔަ މަހު ފުރި ބޯޓެއް.. ނަމަވެސް، ކަނޑުމަތީގައި ބޯޓު ހަލާކުވެ، އެއްވެސް އެހީތެރިކަމެއް ނުލިބި 25 ދުވަސްވަންދެން ކަނޑުމަތީގައި ތާށިވެފައި އޮތް ކަމަށް ސަލާމަތްވި މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނޭ.
81 ދުވަސް ކުރިން - 10:04
އެމެރިކާގެ އަސްކަރީ ހިޔާލު ތަކާއި ދިފާއީ އުކުޅުތަކަށް ހޫޘީންގެ ޒަމާނީ ޑްރޯން އަދި މިސައިލް ހަމަލާތައް ހުއްޓުވުމުގައި ވަނީ ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވެފަ. ޝިޕިންގ ކުންފުނިތަކަށް ރަތް ކަނޑު ދޫކޮށް އެފްރިކާ ބައްރު ވަށާލައިގެން ދަތުރުކުރަނީ މަޖުބޫރު ވެއްޖެ.
83 ދުވަސް ކުރިން - 20:07
މި މުޒަހަރާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޒަހަމް ވެސް ވެއްޖެއެވެ. އޭގެތެރޭގައި 118 ފުލުހުން ވެސް ހިމެނޭ. މި މުޒާހަރާގެ ތެރެއިން ފުލުހުންގެ އަނިޔާތަކުގެ ސަބަބުން 14 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފަ.
83 ދުވަސް ކުރިން - 16:38
ބައެއް ހޮސްޕިޓަލްތަކުގެ ބެޑް ކެޕޭސިޓީ ފުރިގެން، އެހެން ވޯޑުތަކަށް ބަލިމީހުން ބަދަލުކުރަން ޖެހިފައިވާއިރު، މަދިރި އާލާވާ ތަންތަން ހޯދުމަށް ލަންކާގެ އެއަރފޯސް އިން ދަނީ ޑްރޯން ބޭނުންކޮށްގެން ފުރާޅުތަކާއި ފެންހަރުލާ ސަރަހައްދުތައް ބަލަމުން.
83 ދުވަސް ކުރިން - 16:18
މި މައްސަލަ ބޮޑުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ކަރުދާސް ލީކުވެ، ދެ މިލިއަނެއްހާ ދަރިވަރުންނަށް އޭގެ އަސަރު ކުރުމާ ގުޅިގެން. މަޝްވަރާގެ މި ބައްދަލުވުމުގައި ސަރުކާރުގެ ދެ ވަޒީރުންނާއި ސީޖޭޕީގެ ދެ ލީޑަރުން ބައިވެރިވި.
84 ދުވަސް ކުރިން - 16:07
އެމެރިކާ އިން ޢިރާޤު މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމަށް އީރާނުހައި އެދިއްޖެ. މި ހުށަހެޅުން އީރާނުން ގަބޫލުނުކުރި މައިގަނޑު ސަބަބަކީ އެމެރިކާއިން ހުށަހެޅި ވަގުތީ އެއްބަސްވުމުގައި އެ ގައުމުން ބޭނުންވާ މުހިންމު ކަންތައްތަކެއް ހިމަނާފައި ނެތުމުން.
84 ދުވަސް ކުރިން - 16:04
ބައިނަލްއަގުވާމީ އިންޓެލިޖެންސް ރިޕޯޓްތަކާއި މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ޖާސޫސީ ނެޓްވޯކަށް ސީދާ އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާތައް. މިއީ އާދައިގެ ހަމަލާތަކެއް ނުން. ވަރަށް އެކިއުރޭޓް. ހަމަލާ ގެ ފަހަތުގައި ރަޝިޔާ ހިމެނޭތޯ އެމެރިކާ އިން ދަނީ ތަހުގީގު ކުރަމުން.
84 ދުވަސް ކުރިން - 10:25

ޓްރަމްޕް ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސް އަޅައި މިފަދަ ހަމަލާތައް ކުރިއަށް ގެންދާނަމަ، ހޫޘީންނާއި އީރާނަށް ވެސް ބޮޑެތި އަސްކަރީ އަދަބުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް.
85 ދުވަސް ކުރިން - 20:16
ގައުމީ މެޑިކަލް އެންޓްރެންސް އިމްތިހާން ގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ތައުލީމީ ވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ބޭއްވި ހިނގާލުމެއް މާރާމާރީ އަކަށް ބަދަލުވެ 70 އަށްވުރެ ގިނަ ދަރިވަރުންނަށާއި، 50 އަށްވުރެ ގިނަ ފުލުހުންނަށް އަނިޔާވި.
86 ދުވަސް ކުރިން - 13:43
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުންނާއި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހުއްދަ ނެތްކަމަށް ބުނެ ގެދޮރު ތަޅާލަނީ ފަލަސްޠީނުގެ ބިންތަކުން އެމީހުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ހެދުމުގެ ސިޔާސަތެއްގެ ދަށުން.
87 ދުވަސް ކުރިން - 13:45