ޔޫއޭއީ އާއި އެމެރިކާގެ މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަނޑުއޮޅީގެ ސަރަހައްދުގެ އަމަންއަމާންކަން ގެއްލި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ހަމަތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ވެސް އީރާނުގެ ސަލާމަތީ އިސްވެރިޔާ ފާހަގަކުރެއްވި.
3 ދުވަސް ކުރިން - 12:47
ޔަމަންގެ ހަނގުރާމައިގައި ސައުދީން ބައިވެރިވާތީ، ހޫޘީ ޖަމާޢަތުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައުދީގެ މުހިންމު ތަންތަނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި އެންމެ ބޮޑު އަމާޒަކީ ކިންގް ޚާލިދު އެއާޕޯޓު. މިއީ ސައުދީގެ އެންމެ ބޮޑެތި އަދި މުހިންމު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓެއް.
3 ދުވަސް ކުރިން - 09:20
އިއްޔެ ހަމަލާ ދިނީ ރިޔާޟް އެއާޕޯޓުގެ ޓާމިނަލް 4 އަށް. އޭގެ ކުރީ ދުވަހުގެ ހަމަލާގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއިރު، މިއީ ފާއިތުވި ދިހަ އަހަރުތެރޭ ދިން އެންމެ ލޭއޮހޮރުވުން ބޮޑު ހަމަލާ.
3 ދުވަސް ކުރިން - 08:15
މި ހާދިސާ ހިނގާފައި ވަނީ ޖިބޫޓީގެ އުތުރު-އިރުމަތީގައި އޮންނަ ގޮޑޯރިއާއިން ދޯނި ފުރިތާ ގާތްގަނޑަކަށް 30 މިނިޓު ފަހުން. އެ ދޯނި ބަންޑުންވީ މާބޮޑަށް ބަރުވުމުގެ ސަބަބުން ކަމަށް ބެލެވޭއިރު ހާދިސާ ހިނގިތަނުން 69 މީހުން ސަލާމަތްކުރި.
3 ދުވަސް ކުރިން - 07:54
މި މުޒާހަރާތަކާ ގުޅިގެން "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ލީޑަރުންނާއެކު 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި ނަމަވެސް، ފަހުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރަނީ ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަން ނަން އުނިކޮށް، ސަރުކާރަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް.
4 ދުވަސް ކުރިން - 12:14
މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި، ސަތޭކައަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފަ. ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން މި ހަމަލާގެ ޒިންމާ ޔަމަނުގެ ހޫޘީންގެ ބޮލުގައި އަޅުވައި، ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވަނީ ބުނެފަ.
4 ދުވަސް ކުރިން - 11:04

އިސްރާއީލުގެ ވައިގެ ސިފައިންނާއި އެއްގަމު މަގުން ދިން މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ ގެދޮރުތަކަށާއި، ރައްކާތެރިކަން ހޯދައިގެން ތިބި ޢާންމު ރައްޔިތުންގެ ކޭމްޕުތަކަށް.
5 ދުވަސް ކުރިން - 16:13
ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ، ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ލޭންޑްކުރި ތަނުން ފުލުހުން ފްލައިޓްގެ އެތެރެއަށް ވަދެ އޭނާ ހައްޔަރުކޮށްފި. މުޒާހަރާތައް ހޫނުވެ މޯދީގެ ސަރުކާރުން ވަނީ ސިޓީގެ 45 އަށް ވުރެ ގިނަ މެޓްރޯ ސްޓޭޝަންތައް ބަންދުކޮށް، މުއާސަލާތީ ހިދުމަތް ކަނޑާލާފަ.
5 ދުވަސް ކުރިން - 13:47
މުޒާހަރާގެ ބައިވެރިން ދަނީ އިމްރާން ޚާން ވަގުތުން ވަގުތަށް މިނިވަން ކުރުމަށާއި، މިހާރުގެ ސަރުކާރުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލަމުން. މުޒާހަރާގެ ބައިވެރިން ވެރިރަށަށް ވަނުން ހުއްޓުވުމަށްޓަކައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ.
5 ދުވަސް ކުރިން - 13:28
ހަކަބީގެ އިސް މުޝީރެއް ކަމަށްވާ ޑޭވިޑް މިލްސްޓެއިން ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ޝަހީދުވި 9 ފަލަސްތީނު-އެމެރިކާ ރައްޔިތުންގެ މަރުގެ ތަހުގީގުތައް ކުރިއަށްނުގޮސް ހުއްޓިފައިވާ ކަމުގެ ރިޕޯޓުތައް ގަސްތުގައި ހިފަހައްޓާފަ.
5 ދުވަސް ކުރިން - 10:16
ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޔަމަނުގެ ކޯސްޓްގާޑުން ބައިނަލްއަގުވާމީ ބައިވެރިންނާއި ގުޅިގެން ރަތްކަނޑާއި އަދަން ކަނޑުއޮޅި ހިމެނޭ ސަރަޙައްދުގައި ޕެޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެ ގައުމުން ބުނެފި.
5 ދުވަސް ކުރިން - 08:00
ރައީސް ޓްރަމްޕް އާއި ޕުޓިންއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ރަޝިޔާގެ ޑީސަލް އެކްސްޕޯޓަށް ހުރަސްއަޅަން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަގުތީ ލައިސަންސެއް ދީ، ވިޔަފާރީގެ ހުއްދަ ހުޅުވާލައިފި. ރަޝިޔާގެ މާކެޓް މުޅި ދުނިޔެއަށް ހުޅުވާލާފައި އަދި އޮތީ އަންނައަހަރުގެ އެޕްރީލް 7 އާއި ހަމަޔަށް.
5 ދުވަސް ކުރިން - 07:30