Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ލީބިޔާ އަދި ބޯލްޓިކް ކަނޑުގައި ދިން ހަމަލާތަކާ ގުޅިގެން ރަޝިޔާއިން ޔޫކްރެއިނަށް އިންޒާރު ދީފި

އައިޝަތު އީމާން
4 ގަޑިއިރު ކުރިން - 24 ނޮވެންބަރު 2026 01:55
ރަޝިޔާގެ ބޯޓެއްގައި އަލިފާން ރޯވެ ނިއްވުމުގެ މަސައްކަތް ކުރަނީ---
ރަޝިޔާގެ ބޯޓެއްގައި އަލިފާން ރޯވެ ނިއްވުމުގެ މަސައްކަތް ކުރަނީ---
ޚުލާސާ

ޔޫކްރެއިނުން ބުނީ ލީބިޔާގެ ބެންގާޒީގައި އޮތް ރަޝިޔާގެ ހަނގުރާމަމަތީ މަނަވަރަކާއި މުދާ އުފުލާ ބޯޓެއް އަޑިއަށް ފައްތާލާފައިވާ ކަމަށް. މީގެ ބަދަލުހިފުމެއްގެ ގޮތުން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތައް ދޭނެ ކަމަށް ކްރެމްލިނުން ބުނެފައިވޭ.

ލީބިޔާ އަދި ބޯލްޓިކް ކަނޑުގައިވާ ރަޝިޔާގެ އުޅަނދުތަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

މި ހަމަލާތަކާ ގުޅިގެން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހޯމަ ދުވަހު ވިދާޅުވީ، މިއީ ނުރައްކާތެރި މިސްރާބަކަށް އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، މި މައްސަލަ ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އަދި މީގެ ބަދަލުހިފުމެއްގެ ގޮތުން ރަޝިޔާގެ ސިފައިން ކޮންމެ ދުވަހަކުވެސް ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާނެ ކަމަށާއި، މީގެ ސަބަބުން ކިއެވްގެ ސަރުކާރަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ހޯމަ ދުވަހު ހާމަކުރެއްވި ގޮތުގައި، ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިޔާގެ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ "މާކިއުރީ" އާއި ހަތިޔާރު އުފުލާ މުދާ އުފުލާ ބޯޓެއް ޔޫކްރެއިން ސިފައިން ވަނީ އަޑިއަށް ފައްތާލާފައެވެ. މި ހަމަލާއާ ގުޅިގެން އިރުމަތީ ލީބިޔާގެ ސަރުކާރުން ވަނީ ލީބިޔާގެ ސިޔާދަތަށް އަރައިގެންފައިވާ ކަމަށް ބުނެ އދ. އަށް ޝަކުވާ ހުށަހަޅައި، މިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ތަހުގީގުކުރުމަށް ގޮވާލާފައެވެ.

Advertisement

Advertisement 1

މީގެއިތުރުން، ހޮނިހިރު ދުވަހު ބޯލްޓިކް ކަނޑުގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ "ސްޕާޓާ II" ނަމަކަށް ކިޔާ ރަޝިޔާގެ ބޯޓަކަށްވެސް ވަނީ ޑްރޯން ހަމަލާއެއް ދީ، އޭގައި އަލިފާން ރޯކޮށްލާފައެވެ. ފިންލޭންޑްގެ އަސްކަރިއްޔާއިން ލަފާކުރާ ގޮތުގައި މި ހަމަލާއަކީވެސް ޔޫކްރެއިނުން ދިން ހަމަލާއެކެވެ. މިއީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިޔާއިން ބޭނުންކުރާ "ޝެޑޯ ފްލީޓް" ގެ އުޅަނދުތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކެކެވެ.

މި ހަމަލާތަކުގެ ސަބަބުން ކަނޑުމަގުން ކުރާ ދަތުރުތަކަށް ރަޝިޔާއިން ބަރޯސާވާ މިންވަރު ހާމަވެފައިވާއިރު، ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ވިދާޅުވީ، ޔޫރަޕްގެ މެދުގައި ވަކިން އޮންނަ ރަޝިޔާގެ ސަރަޙައްދެއް ކަމަށްވާ ކަލިނިންގްރާޑަށް މުދާ އުފުލުމަށްޓަކައި 576 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ދެ ފެރީ ބަންނަން ނިންމާފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން އަދި ކުރީގެ ރައީސް ޑިމިޓްރީ މެދްވެދޭވް ވަނީ އަނެއްކާވެސް ނިއުކްލިއާ ހަތިޔާރުގެ އިންޒާރު ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގައުމު ދިފާޢު ކުރުމަށްޓަކައި ނިއުކްލިއާ ހަތިޔާރު ހިމެނޭހެން އެންމެހައި ވަސީލަތްތައް ބޭނުންކުރުމުގެ ޙައްޤު ރަޝިޔާއަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، ޔޫކްރެއިނާއި ނޭޓޯއިން ކިތަންމެ ވަރަކަށް ޖެއްސުން ކުރިނަމަވެސް، މިވަގުތު ނިއުކްލިއާ ހަތިޔާރު ބޭނުންކުރަންޖެހޭ ސީދާ ޟަރޫރަތެއް އަދި ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބެންޣާޒީ ބަނދަރުގައި އޮތް ރަޝިޔާގެ ބޯޓަކަށް ހަމަލާދީފި

ބެންޣާޒީ ބަނދަރުގައި އޮތް ރަޝިޔާގެ ބޯޓަކަށް ހަމަލާދީފި

18 ގަޑިއިރު ކުރިން - 12:22

ޓްރަމްޕް، ޝީ، ޕޫޓިން ފުރަތަމަފަހަރަށް އެއް މޭޒެއްގައި

ޓްރަމްޕް، ޝީ، ޕޫޓިން ފުރަތަމަފަހަރަށް އެއް މޭޒެއްގައި

3 ދުވަސް ކުރިން - 09:45

ނިއުކްލިއާ ނުރައްކާ ކުޑަކުރަން މަޝްވަރާކުރުމަށް ތިންބާރުން އެއްބަސްވެއްޖެ

ނިއުކްލިއާ ނުރައްކާ ކުޑަކުރަން މަޝްވަރާކުރުމަށް ތިންބާރުން އެއްބަސްވެއްޖެ

3 ދުވަސް ކުރިން - 09:30

އ.ދ ރިފޯމްކުރުމަށް އެމެރިކާ، ޗައިނާ، ރަޝިޔާ އެއްބަސްވެއްޖެ

އ.ދ ރިފޯމްކުރުމަށް އެމެރިކާ، ޗައިނާ، ރަޝިޔާ އެއްބަސްވެއްޖެ

3 ދުވަސް ކުރިން - 09:00

ދުނިޔޭގެ ބާޒާރަށް ތެލުގެ ސަޕްލައި އިތުރުކުރަން އެއްބަސްވެއްޖެ

ދުނިޔޭގެ ބާޒާރަށް ތެލުގެ ސަޕްލައި އިތުރުކުރަން އެއްބަސްވެއްޖެ

3 ދުވަސް ކުރިން - 08:59

ހުޅަނގުގެ ބާރު ނިމުމަކަށް ގެންނަން ޗައިނާ އާއި ރަޝިޔާއިން ނުކުމެއްޖެ

ހުޅަނގުގެ ބާރު ނިމުމަކަށް ގެންނަން ޗައިނާ އާއި ރަޝިޔާއިން ނުކުމެއްޖެ

5 ދުވަސް ކުރިން - 14:36