އިޒުރޭލުން، ހުޅަނގުއައްސޭރީގެ ބައެއް އަވަށްތަކަށް ވަދެ ރޭޑު ހިންގައި އާންމުން ގަދަކަމުން ހައްޔަރުކުރުމުގެ އިތުރުން ޒައިތޫނި ދަނޑުތަކުގައި ހުޅުޖަހައި، 50 އަށްވުރެ ގިނަ ގަސް ވަނީ މުލުން ލުހެލާފައި.
1 ދުވަސް ކުރިން - 08:13
އިސްރާއީލުން ދިން މި ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ދަނޑުބިންތަކަށް. ބައިތު ޔާހޫންގެ އިތުރުން ކައިރީގައި އޮންނަ ޝަޤްރާ އަވަށަށް ވެސް ބޮން އަޅާފައި ވާއިރު، މި ހަމަލާތަކުގެ ސަބަބުން ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފަ.
2 ދުވަސް ކުރިން - 23:24
ހޫޘީ ޖަމާއަތުން ސައޫދީ އަަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށާއި އެއާޕޯޓުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ އަސްލު ބޭނުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގަސްތުގައި މަތިކޮށް އެމެރިކާގެ އިގްތިސާދަށް ލޮޅުން އެރުވުން ކަމަށް ޓްރަމްޕް ވިދާޅުވި.
2 ދުވަސް ކުރިން - 23:18

ވައިގެ ދަތުރުފަތުރު ދިރާސާކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެންމެ ބޮޑަށް އޮޕަރޭޝަންތައް ހުއްޓި، ހިންގުމަށް ބުރޫއަރާފައިވާ އެއާޕޯޓަކަށް މިހާރު ވެފައިވަނީ ސައޫދީގެ ވެރިރަށް ރިޔާޟް އެއާޕޯޓް.
2 ދުވަސް ކުރިން - 23:11
މި ހާދިސާއާ ގުޅިގެން ފްރާންސްގެ ބޮޑުވަޒީރުގެ އަމުރަށް ގައުމީ ސައިބަރ ސެކިއުރިޓީ އެޖެންސީން ތަހުގީގެއް ފަށާފައިވާއިރު، މިއީ މުޅި ދުނިޔެއަށް ލިބުނު ހޭލުންތެރިކަމުގެ އިންޒާރެއް ކަމަށް މާހިރުން ބުނޭ.
2 ދުވަސް ކުރިން - 21:17
ގާނޫނީ ރައްކާތެރިކަން ކުޑަވުމުގެ ކަންބޮޑުވުން އޮތްއިރު، އަނިޔާކުރާ މީހާއަށް އަދަބު ލުއިކޮށްދޭ މާއްދާތައް އިރާގުގެ ގާނޫނުން އުވާލުމަށް އދ. އިން ވަނީ ގޮވާލާފަ. ޝަރުއީ ނިޒާމުގެ އޮޅުންބޮޅުން ބޮޑުކަމުންނާއި، ރައްކާތެރި މަރުކަޒުތައް (ޝެލްޓަރ) ނެތުމުގެ ސަބަބުން އަނިޔާލިބޭ އަންހެނުންނަށް އިންސާފު ހޯދަން ނުހަނު ދަތިވޭ.
2 ދުވަސް ކުރިން - 12:57
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ޙަމަލާތައް ދީފައިވަނީ ޣައްޒާގައި ހަރަކާތްތެރިވާ އިޒުރޭލުގެ އެއްގަމު ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންތަކެއްގަ.
2 ދުވަސް ކުރިން - 11:37
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ މައިގަނޑު އާމްދަނީ ބިނާވެފައިވާ ތެލުގެ ވިޔަފާރި ހުއްޓުވައި، ދުނިޔޭގެ މާލީ ނިޒާމުން އެ ގައުމު އެކަހެރިކުރުން. މިއީ އެމެރިކާގެ ދަތިކުރުމުގެ ސިޔާސަތުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް.
2 ދުވަސް ކުރިން - 10:27
ހޫޘީ ޖަމާޢަތުން ވަނީ ތާއިޒްގެ ޢާންމުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށާއި އަސްކަރީ ޕޯސްޓުތަކަށް އަމާޒުކޮށް ބޮޑުބަޑިއާއި ޑްރޯން ބޭނުންކޮށްގެން ސިލްސިލާ ޙަމަލާތަކެއް ދީފަ. މި ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޢާންމު ރައްޔިތުންވެސް ހިމެނޭ.
2 ދުވަސް ކުރިން - 10:20
މި ތުހުމަތުތަކާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޔޫކޭއިން ކުރާ ހުރިހާ ތުހުމަތުތަކެއް މުޅިން ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖިއްޔާއިން ވަނީ ތެހެރާނުގައި ހުންނަ އިނގިރޭސި ސަފީރު މިނިސްޓްރީއަށް ހާޒިރުކޮށް، މިއީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށް ބުނެ ރަސްމީކޮށް ނުރުހުން ފާޅުކޮށްފަ.
3 ދުވަސް ކުރިން - 20:21
އީރާނުން ދެކޭގޮތުގައި މުސްލިމު ދެގައުމެއްގެ މެދުގައި ހިނގާ މި ހަނގުރާމައިގެ ސަބަބުން އިސްލާމީ އުންމަތް ބައިބައިވެ، އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ވަސީލަތްތައް ހޭދަކުރަންޖެހުމަކީ އިޒުރޭލަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް.
3 ދުވަސް ކުރިން - 19:30
ޔަމަނުގެ ހޫޘީ ޖަމާއަތުން ކުރީދުވަހު ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ބެލިސްޓިކް މިސައިލް ހަމަލާ ސީދާ އެރީ އުމްރާވެރިންނާއި އެހެނިހެން ފަސިންޖަރުން ފުރަންވެގެން ޓާމިނަލް 3 އަދި 4 ގެ ގޭޓުތައް ކައިރީގައި ބޯޓަށް އަރަން ތައްޔާރުވަމުން ދަނިކޮށް.
3 ދުވަސް ކުރިން - 13:25