Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމެރިކާގެ ފިއްތުންތަކާއެކު ތަޖިކިސްތާނުން އައިސީސީން ވަކިވަނީ

ހުސައިން އިސްމާއިލް
39 މިނެޓު ކުރިން - 24 ނޮވެންބަރު 2026 09:45
ނެދަރލެންޑްސްގެ ދަ ހޭގުގައި ހުންނަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު | ފޮޓޯ: ރޮއިޓާސް.
ނެދަރލެންޑްސްގެ ދަ ހޭގުގައި ހުންނަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު | ފޮޓޯ: ރޮއިޓާސް.
ޚުލާސާ

ރަޝިޔާގެ ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރަށް ތަބާނުވި މައްސަލައިގައި އައިސީސީން ވަނީ ތަޖިކިސްތާނުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ފޮނުވާފަ. 2027 ގައި އަމަލުކުރަން ފަށާ މި ނިންމުން އަނބުރާ ގެންދިއުމަށް އީޔޫއިން ވަނީ ގޮވާލާފަ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ މެންބަރުކަމުން ވަކިވުމަށް ތަޖިކިސްތާނުން ރަސްމީކޮށް އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފިއެވެ. ތަޖިކިސްތާނަކީ މިދިޔަ ޖުލައި މަހު އެމެރިކާއިން އައިސީސީއާ ދެކޮޅަށް ފެށި ހަރުކަށި ކެމްޕޭނާއި ފިއްތުންތަކަށްފަހު، އެ ކޯޓު ދޫކޮށްލަން ނިންމި ހަތަރުވަނަ ގައުމެވެ. ރޯމް ސްޓެޓިއުޓްގެ ގަވާއިދުތަކުގެ ދަށުން، ތަޖިކިސްތާނުގެ މި ނިންމުމަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އެއް އަހަރު ފަހުން، 2027 ވަނަ އަހަރުގެ ނޮވެމްބަރު 20 ގައެވެ.

ތަޖިކިސްތާނުން މި ފިޔަވަޅު އަޅާފައިމިވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން މިދިޔަ އަހަރު ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އޭނާ ހައްޔަރުކުރުމަށް އައިސީސީން ނެރެފައިވާ އަމުރަށް ތަޖިކިސްތާނުން ތަބާނުވި ކަމަށް އެ ކޯޓުން ކަނޑައަޅައި، އެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. ތަޖިކިސްތާނަކީ ރަޝިޔާއާ ވަރަށް ގާތް އަސްކަރީ އަދި އިގްތިސާދީ ގުޅުމެއް އޮންނަ ގައުމެކެވެ.

ޔޫރަޕިއަން ކައުންސިލުން ނެރުނު ރަސްމީ ބަޔާނެއްގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ތަޖިކިސްތާނުގެ މި ނިންމުމާމެދު ހިތާމަ ކުރާކަމަށް ބުނެފައެވެ. އީޔޫއިން ބުނެފައިވަނީ ބައިނަލްއަގްވާމީ އަދުލު އިންސާފުގެ ނިޒާމު ހީނަރުވެގެންދާ ފަދަ މިފަދަ ނިންމުމެއް އަނބުރާ ގެންދިއުމަށް ތަޖިކިސްތާނަށް ގޮވާލާ ކަމަށާއި، ކޯޓުން ވަކިވި ނަމަވެސް މީގެ ކުރިން ފަށާފައިވާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ ގާނޫނީ ޒިންމާ އެ ގައުމުގެ ކޮނޑުގައި އެޅިފައި އޮންނާނެ ކަމަށެވެ.

Advertisement

Advertisement 1

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންނާއި އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އައިސީސީން ވަކިވުމަށް އެހެން ގައުމުތަކަށްވެސް ބާރުއަޅަމުންނެވެ. މީގެ ރައްދުގައި ޔޫރަޕިއަން ޕާލަމެންޓުން ވަނީ އައިސީސީ ހިމާޔަތްކުރުމަށް ގާނޫނީ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ފަށާފައެވެ.

ތަޖިކިސްތާންބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ.)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

118 ދުވަސް ކުރިން - 12:57

އައިސީސީ "ފުނޑާލާނެ" ކަމަށް ރޫބިއޯ ބުނި: ނަތަންޔާހޫ

އައިސީސީ "ފުނޑާލާނެ" ކަމަށް ރޫބިއޯ ބުނި: ނަތަންޔާހޫ

120 ދުވަސް ކުރިން - 10:09

އިޒުރޭލުގެ ފަސްމީހަކު ހައްޔަރުކުރަން އައިސީސީން “ސީކްރެޓް”އަމުރެއް: ރިޕޯޓް

އިޒުރޭލުގެ ފަސްމީހަކު ހައްޔަރުކުރަން އައިސީސީން “ސީކްރެޓް”އަމުރެއް: ރިޕޯޓް

190 ދުވަސް ކުރިން - 09:19

އިޒުރޭލަށް އަދަބު ދިނުމަށް ބެލްޖިއަމުން ގުޅިއްޖެ

އިޒުރޭލަށް އަދަބު ދިނުމަށް ބެލްޖިއަމުން ގުޅިއްޖެ

334 ދުވަސް ކުރިން - 09:08

ނަތަންޔާހޫ ސަލާމަތްވޭތޯ އައިސީސީއަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ

ނަތަންޔާހޫ ސަލާމަތްވޭތޯ އައިސީސީއަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ

342 ދުވަސް ކުރިން - 10:13

އައިސީސީގެ ރައީސާއި ފަނީޔާރުން ޖަލަށްލުމަށް ޙުކުމް ކޮށްފި

އައިސީސީގެ ރައީސާއި ފަނީޔާރުން ޖަލަށްލުމަށް ޙުކުމް ކޮށްފި

342 ދުވަސް ކުރިން - 23:54