Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ރައީސާއި ފަނޑިޔާރުން ޖަލަށް ލުމަށް ޙުކުމް ކޮށްފި

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ރައީސާއި ފަނޑިޔާރުން ޖަލަށް ލުމަށް ޙުކުމް ކޮށްފި

ޢަބްދުﷲ ޖުނައިދު
176 ދުވަސް ކުރިން - 16 ޑިސެންބަރު 2025 23:54
އައިސީސީގެ ރައީސާއި ފަނޑިޔާރުން ހިމެނޭހެން 9 އޮފިޝަލުންނަށް ރަޝިއާއިން ޖަލު ޙުކުމެއް އިއްވައިފި
އައިސީސީގެ ރައީސާއި ފަނޑިޔާރުން ހިމެނޭހެން 9 އޮފިޝަލުންނަށް ރަޝިއާއިން ޖަލު ޙުކުމެއް އިއްވައިފި
ޚުލާސާ

ރަޝިޔާއިން ޣައިރު ހާޒިރުގައި އައިސީސީގެ ޗީފް ޕްރޮސިކިއުޓަރ ކަރީމް އަޙްމަދު ޚާން އަށް 15 އަހަރުގެ ޖަލުޙުކުމެއް އިއްވިއިރު ރައީސަށް އިއްވީ ނުވައަހަރުގެ ޖަލުޙުކުމެއް

ރަޝިޔާ އާއި ހޭގްގައި ހުންނަ ޓްރައިބިއުނަލާއި ދެމެދު ހިނގަމުންދާ ޤާނޫނީ ހަނގުރާމައިގައި މޮސްކޯގެ ކޯޓަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އެންމެ އިސް އަށް ފަނޑިޔާރުންނާއި ޗީފް ޕްރޮސިކިއުޓަރ ޖެނެރަލް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި ޙުކުމްކޮށްފިއެވެ.

މޮސްކޯ ސިޓީ ކޯޓުން އައިސީސީގެ ފަނޑިޔާރުން ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ ތިންއަހަރާއި ބައިން ފެށިގެން 15 އަހަރާއި ދެމެދުގެ މުއްދަތަކަށެވެ.

އެންމެ ބޮޑު ޙުކުމެއް ކޮށްފައި ވަނީ ޗީފް ޕްރޮސިކިއުޓަ ކަރީމް އަޙްމަދު ޚާން އަށެވެ. އޭނާ އަށް ކޮށްފައި ވަނީ 15 އަހަރުގެ ޙުކުމެކެވެ. އެއީ ނުވައަހަރުގެ ޖަލުބަންދާއި ހައަހަރު ދުވަހުގެ ބަންދެކެވެ. އޭނާ އަށް ޙުކުމް ކޮށްފައި ވަނީ ޔުކްރޭނު މައްސަލަ އާއި ގުޅުވައި ރަޝިޔާގެ ރައްޔިތުންނާއި އަދި ރައީސް ޕޫޓިން އާއި ދެކޮޅަށް އައިސީސީން ކޯޓު އަމުރު ނެރުމަށް މައްސަލަ އައިސީސީން ބަލަން ހުށަހެޅުމާއި ގުޅިގެންނެވެ.

Advertisement

Advertisement 1

ދެވަނަ އަށް އެންމެ ބޮޑު ޙުކުމެއް ކޮށްފައި ވަނީ އައިސީސީގެ ރައީސް، ޖަޕާނުގެ ފަނޑިޔާރު ޓޮމޯކޯ އަކާނޭ އަށެވެ. އެ ކަމަނާ އަށް އިއްވީ ހަތްއަހަރުގެ ޖަލު ޙުކުމެކެވެ. ސަބަބަކީ ރަޝިޔާގެ ރައްޔިތުން ހައްޔަރުކުރުމުގެ އަމުރު އެޕްރޫވް ކުރުމާއި ގުޅިގެންނެވެ.

އައިސީސީގައި ހުންނަވާ ޕޮލެންޑުގެ ފަނޑިޔާރާއި، ކޮސްޓަރިކާގެ ފަނޑިޔާރާއި އިޓަލީގެ ފަނޑިޔާރާއި ބެނިންގެ ފަނޑިޔާރަށް ކޮށްފައި ވަނީ ހައަރުގެ ޖަލުޙުލުމެކެވެ. ސަބަބަކީ ރަޝިޔާގެ އޮފިޝަލުން ހައްޔަރުކުރުމަށް އެއްބަސްވުމާއި އައިސީސީން ރަޝިޔާގެ އޮފިޝަލުންނާއި ދެކޮޅަށް މައްސަލަ ބެލުމާއި އަދި އެކަމުގައި ބައިވެރިވެފައި ވާތީއެވެ.

ޕޫޓިން ހައްޔަރުކުރުމުގެ ވޮރެންޓް ނެރެން ތާޢީދު ކުރި މައްސަލައިގައި އައިސީސީގައި ހުންނަވާ ޖަރުމަނުގެ ފަނޑިޔާރަށް ފަސްއަހަރުގެ ޖަލު ޙުކުމެއް އިއްވިއިރު، އެކަމުގައި ބައިވެރިވެ އަދި އެހީތެރިވެދިން ޓިއުނީޝިއާގެ ފަނޑިޔާރާއި ޕެރޫގެ ފަނޑިޔާރު ޖަލަށް ލުމަށް އިއްވާފައި ވަނީ 3.5 އަހަރަށެވެ.

ރަޝިޔާގެ ކޯޓުން ބުނީ އައިސީސީން އެ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ޖިނާޢީ ޝަރީއަތެއް ހިންގާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށާއި، އައިސީސީން (ޕޫޓިން) ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ ރަޝިޔާގެ ޤާނޫނުތަކަށް ބަލާއިރު، ޤާނޫނީ އެއްވެސް ސަބަބެއް ނެތި ކަމަށެވެ. މި ނުވަބޭފުޅުންވެސް ވަނީ ރަޝިޔާގެ ވޯންޓެޑް ލިސްޓުގައެވެ.

ރަޝިއާއިން މި ޖަލު ޙުކުމް އިއްވި އަސްލު ސަބަބަކީ 2023 ވަނަ އަހަރު އައިސީސީން ރައީސް ޕޫޓިން އާއި ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ކޮމިޝަނަރު މާރިއާ ލްވޮވާ-ބެލޯވާ ހައްޔަރު ކުރުމުގެ އަމުރު ނެރުމުންނެވެ. އެއާއި އެކު ރަޝިޔާއިން ރުޅި ގަދަވެގެން އޭގެ ތިންދުވަސް ފަހުން އެ އަމުރުތަކުގައި ސޮއިކުރި އައިސީސީގެ ފަނޑިޔާރުންނާއި ދެކޮޅަށް ޖިނާއީ މައްސަލަތައް ހުޅުވައިލިކަން ފާހަގަ ކުރެވެއެވެ.

ހުކުމްތައް އިއްވާފައިވަނީ ޣައިރު ހާޒިރުގައި ކަމަށްވާތީ، އެ ހުރިހާ ފަނޑިޔާރުން ވެސް ރަޝިޔާއަށް އެތެރެވެއްޖެނަމަ ވަގުތުން ހައްޔަރުކޮށް ޖަލަށް ލާން ޖެހޭނެ ކަމަށާއި އަދި ޙުކުމްތައް ގާނޫނީ ގޮތުން ތަންފީޛު ކުރެވޭނެ ކަމަށް ވެސް ރަޝިޔާގެ ކޯޓުން ބުންޏެވެ.

ރަޝިޔާއިން އައިސީސީގެ އިޚްތިޞާޞް ބަލައިނުގަންނައިރު، އައިސީސީ އާއި ހުޅަނގުގެ ބައެއް ސަރުކާރުތަކުން ވަނީ އެ ޙުކުމް ތަކަކީ ސިޔާސީ ގޮތުން އިއްވި ޙުކުމްތަކެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ.

އައިސީސީ އަކީ އިތުބާރު ގެއްލިފައިވާ ހުޅަނގުގެ ޕަޕެޓު ކޯޓެއް ކަމަށް ރަޝިއާއިން ބުނެއެވެ.

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ.)ރަޝިއާ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިޒުރޭލުގެ ފަސްމީހަކު ހައްޔަރުކުރަން އައިސީސީން “ސީކްރެޓް”އަމުރެއް ނެރެފި - ރިޕޯޓް

އިޒުރޭލުގެ ފަސްމީހަކު ހައްޔަރުކުރަން އައިސީސީން “ސީކްރެޓް”އަމުރެއް: ރިޕޯޓް

24 ދުވަސް ކުރިން - 09:19

ދުނިޔޭގެ އެންމެ ވަރުގަދަ މިސައިލް ރަޝިޔާއިން ޓެސްޓްކޮށްފި

ދުނިޔޭގެ އެންމެ ވަރުގަދަ މިސައިލް ރަޝިޔާއިން ޓެސްޓްކޮށްފި

28 ދުވަސް ކުރިން - 13:37

ޔޫރަޕަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި!

ޔޫރަޕަށް ޙަމަލާ ދޭންޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރުދީފި!

53 ދުވަސް ކުރިން - 19:07

ރަޝިއާގެ ނިއުކްލިއާ ސަބްމެރީންތަކެއް ގްރީންލޭންޑް ކައިރިން ފެނިއްޖެ

ގްރީންލޭންޑް ކައިރިން ރަޝިއާގެ ނިއުކްލިއާ-ސަބްމެރިން ތަކެއް ފެނިއްޖެ

62 ދުވަސް ކުރިން - 18:42

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

62 ދުވަސް ކުރިން - 16:51

ޖާސޫސްކުރިކަމުގެ ތުހުމަތުގައި ރަޝިޔާއިން އިނގިރޭސި ޑިޕްލޮމޭޓަކު ބޭރުކޮށްލައިފި

ރަޝިޔާގައި ޖާސޫސް ކުރި އިނގިރޭސި ޑިޕްލޮމޭޓަކު ބޭރުކޮށްލައިފި

72 ދުވަސް ކުރިން - 06:11