Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިޒުރޭލަށް އަދަބު ދިނުމަށް ދ.އެފްރިކާ ހުށަހެޅި މައްސަލައިގައި ބެލްޖިއަމްގެ ތާއީދު

އިޒުރޭލަށް އަދަބު ދިނުމަށް ދ.އެފްރިކާ ހުށަހެޅި މައްސަލައިގައި ބެލްޖިއަމްގެ ތާއީދު

ހުސައިން އިސްމާއިލް
213 ދުވަސް ކުރިން - 25 ޑިސެންބަރު 2025 09:08
އައިސީޖޭގެ ފަނޑިޔާރުންތަކެއް: އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމުން ވެސް ދ.އެފްރިކާ އަށް ތާއީދު
އައިސީޖޭގެ ފަނޑިޔާރުންތަކެއް: އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމުން ވެސް ދ.އެފްރިކާ އަށް ތާއީދު
ޚުލާސާ

ޣައްޒާ މައްސަލައިގައި އިސްރާއީލަށް އަދަބު ދިނުމަށް ބްރެޒިލް، އަޔަލޭންޑް، ބޮލީވިއާ، ކޮލަމްބިއާ، ލީބިޔާ، ސްޕެއިން އަދި މެކްސިކޯ ވެސް ވަނީ ގޮވާލާފަ

އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރި ކަމަށް ބުނެ އެ ސްޓޭޓާއި ދެކޮޅަށް ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ޖިނާޢީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ދެކުނުއެފްރިކާއަށް ތާއީދުކުރުމަށް ބެލްޖިއަމް އިން ނިންމައިފިއެވެ. މީގެ ކުރިން ބްރެޒިލް، އަޔަލޭންޑް، ބޮލީވިއާ، ކޮލަމްބިއާ، ލީބިޔާ، ސްޕެއިން އަދި މެކްސިކޯ ފަދަ ބައެއް ގައުމުތަކުން ވަނީ މި މައްސަލަ އާއި ގުޅިފައެވެ.

ޣައްޒާ “ހަފުސް ކޮށްލާނެ” ކަމަށް ބުނެ ޒައެނިސްޓުން ޙަމަލާ ދޭން ފެށުމާއި އެކު، ގާތްގަނޑަކަށް ހަތަރުމަސް ވީ ތަނާހެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ބައިނަލްއަޤްވާމީ ކޯޓުން ވަނީ ނަސްލު ނައްތާލުމުގެ ޖަރީމާތައް ނުހިންގުމަށް އިސްރާއީލަށް ގޮވާލާފައެވެ. ނަމަވެސް އިސްރާއީލުން ދިނީ ބީރު ކަންފަތެކެވެ.

އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަ ދިނުމާއި، ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމާއި، އެފަދަ އަމަލުތައް ކުރާ މީހުންނަށް އަދަބު ދިނުމަށް އިސްރާއީލަށް އަމުރުކޮށް އައިސީޖޭއިން ވަނީ ވަގުތީ ފިޔަވަޅުތަކެއް ވެސް ނެރެފައެވެ. މި ހުރިހާ ކަމަކަށް ވެސް ޒައެނިސްޓް ސަރުކާރު ވަނީ ބޮލާލާޖަހާފައެވެ.

Advertisement

Advertisement 1

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ކުރަމުންދާ މަސައްކަތްތައް ހަމާސް އިން ކުރިއަށް ގެންދާ އިރު، އިސްރާއީލުން ވަނީ އެތައް ފަހަރަކު އެ އެއްބަސްވުމާއި ވެސް ހިލާފުވެފައެވެ. އެގޮތުން އެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ޒައެނިސްޓުން ވަނީ ޣައްޒާގައި 406 މީހުން ޝަހީދުކޮށް 1،118 މީހުން ޒަޚަމްކޮށްލާފައެވެ.

7 އޮކްޓޯބަރު 2023 ގައި ޒައެނިސްޓުން ފެށި ޖަރީމާ ތަކުގައި ވެސް މަދުވެގެން 70,942 މީހުން ޝަހީދުކޮށްލާފައި ވާއިރު، އިތުރު 171,195 މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ.)ބެލްޖިއަމްދެކުނު އެފްރިކާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

15 ދުވަސް ކުރިން - 05:26