އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީއިން ނެރުނު އަމުރާ ގުޅިގެން، އެ ކޯޓާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، އެ ކޯޓު "ފުނޑާލާނެ" ކަމުގެ އިންޒާރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދެއްވައިފިއެވެ.
ރޫބިއޯއާ މަޝްވަރާކުރެއްވުމަށްފަހު ނަތަންޔާހޫ ވިދާޅުވީ، އައިސީސީގެ ނިންމުންތައް ބަލައިނުގަނެ، އެމެރިކާގެ ނުފޫޒު ބޭނުންކޮށްގެން އައިސީސީގެ އަމަލުތައް ހުއްޓުވާނެ ކަމަށެވެ. މި މައްސަލައަކީ ޣައްޒާގައި ހިންގާ ހަނގުރާމައިގެ ކުށްތަކާއި ގުޅިގެން އައިސީސީން ނެރުނު އަމުރާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމެކެވެ.
މާކޯ ރޫބިއޯ މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ އައިސީސީއަކީ އެއްވެސް އުސޫލެއް ނެތް ތަނެއް ކަމަށާއި، އެ ކޯޓު "މުޅިން ސުންނާފަތިކޮށްލާނެ" ކަމަށެވެ.








