Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 24 ޖުލައި 2026 16:07
އިންޑިއާގައި ޒުވާނުން ކުރާ މުޒާހަރާތަކުގެ ތެރެއިން. / ފޮޓޯ: ގެޓީ އިމޭޖަސް
އިންޑިއާގައި ޒުވާނުން ކުރާ މުޒާހަރާތަކުގެ ތެރެއިން. / ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

މި މައްސަލަ ބޮޑުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ކަރުދާސް ލީކުވެ، ދެ މިލިއަނެއްހާ ދަރިވަރުންނަށް އޭގެ އަސަރު ކުރުމާ ގުޅިގެން. މަޝްވަރާގެ މި ބައްދަލުވުމުގައި ސަރުކާރުގެ ދެ ވަޒީރުންނާއި ސީޖޭޕީގެ ދެ ލީޑަރުން ބައިވެރިވި.

އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ކަރުދާސް ލީކުވި މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި، އިހުތިޖާޖު ކުރަމުންދާ ޒުވާނުންގެ ގްރޫޕެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ލީޑަރުން އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ބާއްވައިފިއެވެ. ނަމަވެސް، މި މަޝްވަރާތަކާއެކުވެސް ގައުމީ ފެންވަރުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

ނިއުދިއްލީގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ދެ ވަޒީރުންނާއި ސީޖޭޕީގެ ދެ ލީޑަރުން ބައިވެރިވިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް 26 ދުވަހަށްފަހު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މި މަޝްވަރާތަކަށްފަހު ސީޖޭޕީގެ ތަރުޖަމާނު ސޯރަވް ދާސް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ޖަވާބެއް ދިނުމަށް ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ވަގުތު ބޭނުންވެފައިވާ ކަމަށެވެ. ސީޖޭޕީން ބުނާ ގޮތުގައި އެމީހުންގެ މައިގަނޑު ތިން ޑިމާންޑެއް އެބައޮތެވެ. އެއީ މިނިސްޓަރު އިސްތިއުފާ ދެއްވުމާއި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރުމުގެ ޔަގީންކަން ދިނުމާއި، ކަރުދާސް ލީކުވުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް 105,000 ޑޮލަރުގެ ބަދަލެއް ދިނުމެވެ.

Advertisement

Advertisement 1

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް މި މުޒާހަރާތައް ވެފައިވާއިރު، މޯދީ ވިދާޅުވީ ކަރުދާސް ލީކުކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ މިކަން ގަބޫލުނުކޮށް، މުޅި ނިޒާމު އިސްލާހު ކުރުމަށް ގޮވާލާފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ނިއުދިއްލީގެ އިތުރުން މުމްބާއީ، ބެންގަލޫރު އަދި ޕަޓްނާ ފަދަ ސިޓީތަކުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މި މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް، ބައެއް މީހުންނަށް އަނިޔާވެސް ކޮށްފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ގޮތުން ދިއްލީގެ 16 މެޓްރޯ ސްޓޭޝަނެއް ބަންދުކޮށް، މޯބައިލް އިންޓަނެޓްގެ ހިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ.

މި މައްސަލަ ބޮޑުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ކަރުދާސް ލީކުވެ، ދެ މިލިއަނެއްހާ ދަރިވަރުންނަށް އޭގެ އަސަރު ކުރުމާ ގުޅިގެންނެވެ. ސީޖޭޕީން ބުނީ އެމީހުންގެ ޑިމާންޑްތައް ފުރިހަމަވަންދެން ސުލްހަވެރިކަމާއެކު މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިންޑިއާނަރެންދްރަ މޯދީޒުވާނުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

2 ދުވަސް ކުރިން - 13:43

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

35 ދުވަސް ކުރިން - 19:04

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

41 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

44 ދުވަސް ކުރިން - 12:43

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

51 ދުވަސް ކުރިން - 18:30

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

57 ދުވަސް ކުރިން - 15:05