Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ހުސައިން އިސްމާއިލް
8 ގަޑިއިރު ކުރިން - 21 ޖުލައި 2026 13:45
މިއަދު ހެނދުނު އިޒުރޭލުން ފަލަސްތީނުގެ 300 އަކަފޫޓުގެ މިލްކިއްޔާތު ފުނޑާލައި އެ ގޭގެ މީހުން މަގުމަތިކޮށްލާފަ.
މިއަދު ހެނދުނު އިޒުރޭލުން ފަލަސްތީނުގެ 300 އަކަފޫޓުގެ މިލްކިއްޔާތު ފުނޑާލައި އެ ގޭގެ މީހުން މަގުމަތިކޮށްލާފަ.
ޚުލާސާ

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުންނާއި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހުއްދަ ނެތްކަމަށް ބުނެ ގެދޮރު ތަޅާލަނީ ފަލަސްޠީނުގެ ބިންތަކުން އެމީހުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ހެދުމުގެ ސިޔާސަތެއްގެ ދަށުން.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހުޅަނގު އައްސޭރީގެ އިރުމަތީގެ ގެތައް ތަޅަން ފަށައިފިއެވެ. މިއަދު ހެނދުނުހެނދުނާ ސަޢީރު އަވަށުގައި ހުރި ފަލަސްޠީނު މީހެއްގެ ދެ ބުރީގެ ގެއެއް މިހާރު ވަނީ ތަޅައި ސުންނާފަތިކޮށްލާފައެވެ.

އިސްރާއީލުން މި ގެ ތަޅާލަމުން ބުނެފައި ވަނީ އިސްރާއީލުގެ ސަރުކާރުގެ ސަރުކާރުގެ ހުއްދަ ނެތި އެތަނުގައި ފަލަސްތީނުގެ މުސްލިމުންނަށް އެއްވެސް އިމާރާތެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

އެ އަވަށުގެ ލޯކަލް މަޞްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުލްޑޯޒަރުތަކާއެކު އިޒުރޭލު އަސްކަރީ ވެހިކަލްތައް ބޭނުންކޮށްގެން ތަޅާލި މި އިމާރާތަކީ ގާތްގަނޑަކަށް 300 އަކަމީޓަރުގެ ބޮޑު މިލްކިއްޔާތެކެވެ. އެ ގޭގައި ދިރިއުޅެމުންދިޔަ ފަލަސްޠީނުގެ ޢާއިލާ މިހާރު ވަނީ މަގުމަތިވެފައެވެ.

Advertisement

Advertisement 1

ހިބްރޫން ސަރަޙައްދުގައި ފަލަސްޠީނު ރައްޔިތުންގެ ގެދޮރު ތަޅާލުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެވެސް ބައިތު އައްވާ ސަރަޙައްދުން އިތުރު ގެއެއް ތަޅާލާފައިވާއިރު، މިއަދުވެސް ހިބްރުންގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ވަޒަންވެރިން ގެންދަނީ ފަލަސްޠީނުގެ އާންމުންނަށް ޙަމަލާދީ، ފެންވަޅުތައް ވެސް އަތުލަމުންނެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުންނާއި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ހުއްދަ ނެތްކަމަށް ބުނެ ގެދޮރު ތަޅާލަނީ ފަލަސްޠީނުގެ ބިންތަކުން އެމީހުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ހެދުމުގެ ސިޔާސަތެއްގެ ދަށުންނެވެ. ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކުގެ ސަބަބުން ހުޅަނގު އައްސޭރީގެ މަސްރަޙު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ.

ފަލަސްތީންއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

2 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

2 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

8 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

10 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

12 ދުވަސް ކުރިން - 13:08

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

17 ދުވަސް ކުރިން - 21:30