Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނު ހަނގުރާމަ އަށް އެމެރިކާ އިން ގިނައަދަދެއްގެ ރިފިއުލިންގް ބޯޓުތައް ފޮނުވަން ނިންމައިފި

އީރާނު ހަނގުރާމަ އަށް އެމެރިކާ އިން ގިނައަދަދެއްގެ ރިފިއުލިންގް ބޯޓުތައް ފޮނުވަން ނިންމައިފި

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 18 ޖުލައި 2026 10:43
ޖައްވުގައި އޮވެގެން ތެޔޮ އަޅައިދޭ އެމެރިކާގެ ބޯޓެއް: އީރާނު ހަނގުރާމައިގައި މިފަދަ އިތުރު ބޯޓުތައް ބޭނުންކުރަން އެމެރިކާ އިން ނިންމައިފި.
ޖައްވުގައި އޮވެގެން ތެޔޮ އަޅައިދޭ އެމެރިކާގެ ބޯޓެއް: އީރާނު ހަނގުރާމައިގައި މިފަދަ އިތުރު ބޯޓުތައް ބޭނުންކުރަން އެމެރިކާ އިން ނިންމައިފި.
ޚުލާސާ

އެމެރިކާއިން އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ރިފިއުލިންގް ބޯޓުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ތެލް އަވީވް ކައިރީގައިވާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިހާރުވެސް އެ އެއާޕޯޓުގައި 30 ބޯޓު އަދި ދެކުނު އިސްރާއީލުގެ ރާމޮން އެއާޕޯޓުގައި 30 ބޯޓު އެމެރިކާއިން ގާއިމުކޮށްފައިވޭ.

އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމަށް ޓަކައި ވައިގެ ތެރޭގައި ބޯޓުފަހަރަށް ތެޔޮ އަޅައިދޭ (ރިފިއުލިންގް) ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓު އިސްރާއީލަށް ފޮނުވުމަށް ވޮޝިންގްޓަނުން ތައްޔާރުވާން ފަށައިފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި މިއީ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި، އެމެރިކާގެ ނިއުކްލިއާ ޑިމާންޑްތަކަށް އީރާނުން އެއްބަސްވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ޓްރަމްޕް މުރާޖަޢާ ކުރައްވަމުންދާ އައު އަސްކަރީ އިޚްތިޔާރުތަކެއްގެ ބައެކެވެ.

މިހާރުވެސް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނުގެ ޢަމާޒުތަކަށް ކޮންމެ ދުވަހަކު ހަމަލާދެމުންނެވެ. މިގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހަތިޔާރާއި ސަޕްލައި ބަދަލުކުރުމަށް ބޭނުންކުރާ ބަންދަރު އައްބާސް ކައިރީގައިވާ ހަތް ބުރިޖަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފައެވެ.

Advertisement

Advertisement 1

ޓްރަމްޕްގެ ސަރުކާރުން ދެން ވިސްނަމުންދާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، އީރާނުގެ އިންފްރާސްޓްރަކްޗާ ފެސިލިޓީތަކާއި، ނިއުކްލިއާ ސައިޓްތަކުގެ އިތުރުން، ނިއުކްލިއާ މަސައްކަތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ ބިމުގެ އަޑީގައިވާ "ޕިކްއެކްސް މައުންޓަން" ސައިޓަށް ހަމަލާދިނުން ހިމެނެއެވެ.

އެމެރިކާއިން އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ރިފިއުލިންގް ބޯޓުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ތެލް އަވީވް ކައިރީގައިވާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިހާރުވެސް އެ އެއާޕޯޓުގައި 30 ބޯޓު އަދި ދެކުނު އިސްރާއީލުގެ ރާމޮން އެއާޕޯޓުގައި 30 ބޯޓު އެމެރިކާއިން ގާއިމުކޮށްފައިވެއެވެ.

އީރާން - އެމެރިކާއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

އީރާނުން އެމެރިކާ ސިފައިންނަށް މިސައިލުން ޙަމަލާއެއް ދީފި

1 ގަޑިއިރު ކުރިން - 14:01

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ ޕްލެޓްފޯމަކަށް ޙަމަލާ ދީފި

ކުވައިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށާއި ތެޔޮ ޕްލެޓްފޯމަކަށް ޙަމަލާ ދީފި

1 ދުވަސް ކުރިން - 11:47

އުރުދުންގައި ހުރި އެމެރިކާގެ ބޭސްއަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

އުރުދުންގައި ހުރި އެމެރިކާގެ ބޭސްއަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

2 ދުވަސް ކުރިން - 11:19

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

2 ދުވަސް ކުރިން - 19:33

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދިން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފި

3 ދުވަސް ކުރިން - 18:09

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

4 ދުވަސް ކުރިން - 01:08