އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފިއެވެ. އެ ދެމީހުންނަކީ ފަސްޓް ލެފްޓިނަންޓް ޓައިލާ ޖޭމްސް ފީހަން އާއި ޕްރައިވެޓް އިޒަބެލާ ގޮންޒާލެސް ކަމަށް ޕެންޓަގަން އިން ބުނެފިއެވެ. އީރާނުން މި ދެސިފައިން މަރައިލީ އުރުދުންގައި ހުންނަ މުއައްފަގު ސަލްތީ އެއާ ބޭސްގައި ހަރަކާތްތެރިވަމުން ދަނިކޮށް ފޮނުވައިލި ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ ޒަހަމް ވެފައި ވާއިރު ޕެންޓަގަން އިން ބުނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ އަދަދަކީ 17 ކަމަށެވެ.