Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ލޮރެސްތާން ޕްރޮވިންސްގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އީރާނުގެ ލޮރެސްތާން ޕްރޮވިންސްގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 14 ޖުލައި 2026 23:45
އީރާނުގެ އަންހެނުންތަކެއް---
އީރާނުގެ އަންހެނުންތަކެއް---
ޚުލާސާ

މި ޗެނަލްތަކުން އަންހެނުންގެ ފޮޓޯތައް ބޭނުންކުރަނީ ގިނަ ފޮލޯވަރުން ހޯދުމަށާއި، އަދި ބައެއް ހާލަތްތަކުގައި އެ އަންހެނުންނާއި އެމީހުންގެ އާއިލާތަކަށް ބިރުދައްކައިގެން ކްރިޕްޓޯކަރަންސީން ފައިސާ ހޯދުމަށް ކަމަށް. މި ފޮޓޯތައް އާންމުވުމުގެ ސަބަބުން ފަސް އަންހެން ކުއްޖަކު އަމިއްލައަށް މަރުވެފައިވާ ކަމަށް.

އީރާނުގެ ހުޅަނގުގައި އޮންނަ ލޮރެސްތާން ޕްރޮވިންސްގެ އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯތަކެއް ޓެލެގްރާމް ޗެނަލްތަކެއްގައި އާންމުކޮށް، އެ މީހުން ބްލެކްމެއިލް ކުރަމުންދިޔަ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ލޮރެސްތާންގެ ޕްރޮސިކިއުޓަރ އަލީ ހަސަންވަންދު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ދާއިރާ ވަރަށް ފުޅަލެވެ. މިހާތަނަށް 200 އަށްވުރެ ގިނަ ޝަކުވާ ޕްރޮވިންސްގެ ޕްރޮސިކިއުޓަރ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، މި ޗެނަލްތައް ހިންގުމުގައި އިސްކޮށް އުޅުނު ތިން މީހަކު ދެނެގަނެވި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ޗެނަލްތަކުން އަންހެނުންތަކެއްގެ ފޮޓޯތައް ބޭނުންކުރަނީ ގިނަ ފޮލޯވަރުން ހޯދުމަށާއި، އަދި ބައެއް ހާލަތްތަކުގައި އެ އަންހެނުންނާއި އެމީހުންގެ އާއިލާތަކަށް ބިރުދައްކައިގެން ކްރިޕްޓޯކަރަންސީން ފައިސާ ހޯދުމަށެވެ.

Advertisement

Advertisement 1

އީރާނުގެ "ޝަރުގް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޗެނަލްތަކުގައި އަންހެނުންތަކެއްގެ ފޮޓޯތަކާއެކު އެކަނބަލުންނަށް ފުރައްސާރަކޮށް، އަބުރު ކުޑަވާ ފަދަ ލިޔުންތައް ވެސް ދަނީ ޝާއިރުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، މި ފޮޓޯތައް އާންމުވުމުގެ ސަބަބުން ފަސް އަންހެން ކުއްޖަކު އަމިއްލައަށް މަރުވެފައިވާ ކަމަށާއި، އެކަކު އޭނާގެ ބައްޕަ އަތުން މަރުވެފައިވާ ކަމަށް އަޑުފެތުރިފައިވެއެވެ. ނަމަވެސް މިކަންކަން ރަސްމީ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ލޮރެސްތާންގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓަކު ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ އަންހެނުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. ގިނަ އަންހެނުން މިހާރު ވަނީ އެމީހުންގެ ޕްރޮފައިލް ފޮޓޯތައް ވެސް އެޕްލިކޭޝަންތަކުން ނަގާފައެވެ. ސަބަބަކީ އެފަދަ ސަރަހައްދެއްގައި އަންހެނެއްގެ ފޮޓޯއެއް ނަހަމަ ގޮތުގައި އާންމުވުމަކީ އެމީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަކަށް ވާތީއެވެ.

މި މައްސަލައަކީ ހަމައެކަނި ލޮރެސްތާނަށް ހާއްސަ މައްސަލައެއް ނޫން ކަމަށް ނެޓްވޯކް ސެކިއުރިޓީ މާހިރު ސައީދު ސޫޒަންގަރު ބުނެފައިވެއެވެ. މަލަޔަރު، ބޫކާން އަދި ކަރްމަންޝާ ފަދަ ރަށްތަކުގައި ވެސް މިފަދަ ވިއުގަތައް ހަރަކާތްތެރިވަމުންދާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އީރާން އިންޓަނޭޝަނަލްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މި ޗެނަލްތަކުން އާންމުކޮށް ނަގަނީ ހިޖާބު ނާޅާ ތިބޭ އަންހެނުންގެ ޕަބްލިކް ޕްރޮފައިލް ފޮޓޯތަކެވެ. އަދި އެހެން މީހުންގެ ފޮޓޯތައް ފޮނުވުމަށް ބާރުއަޅާ ލިންކުތައް ވެސް މި ޗެނަލްތަކުގައި ހިމަނާފައި ހުރެއެވެ.

މިފަދަ ހާދިސާތަކަކީ އީރާނުގައި އަންހެނުންނަށް އޮތް ގާނޫނީ ރައްކާތެރިކަން ކުޑަވުމާއި، "ޝަރަފުގެ ގަތުލު" ފަދަ އާދަކާދަތަކުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވަމުންދާ ބޮޑު ނުރައްކަލެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.

އީރާންބްލެކްމެއިލް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

15 ގަޑިއިރު ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

އީރާނުން 15،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލް އުފައްދަނީ ކަމަށް ބުނެފި

އީރާނުން 15،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލް އުފައްދަނީ ކަމަށް ބުނެފި

15 ދުވަސް ކުރިން - 10:11

ވައިގެ ދިފާއީ ނިޒާމުތަކަށް އޮޅުވާލާ ޓެކްނޮލޮޖީއެއް އީރާނުން އިއުލާންކޮށްފި!

ވައިގެ ދިފާއީ ނިޒާމުތަކަށް އޮޅުވާލާ ޓެކްނޮލޮޖީއެއް އީރާނުން އިއުލާންކޮށްފި!

18 ދުވަސް ކުރިން - 11:08

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން ނައްތާލަން އީރާނުން ގޮވާލައިފި

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން އީރާނުން ގޮވާލައިފި

21 ދުވަސް ކުރިން - 09:26