Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ހުސައިން އިސްމާއިލް
48 ދުވަސް ކުރިން - 19 ޖުލައި 2026 13:25
ކުވެއިތުހެ އަމީރު، ޝައިޚް މެޝަލް އަލް އަޙްމަދު އަލް ސަބާޙް، ކުވައިތުގެ މަޖިލީހުގައި، 20 ޑިސެމްބަރ 2023
ކުވެއިތުހެ އަމީރު، ޝައިޚް މެޝަލް އަލް އަޙްމަދު އަލް ސަބާޙް، ކުވައިތުގެ މަޖިލީހުގައި، 20 ޑިސެމްބަރ 2023
ޚުލާސާ

ކުވެއިތުން ހުރިހާ ވަސީލަތްތަކަކަށް އެދިފައިވީ ނަމަވެސް، މިވަގުތު ކުވެއިތަށް "ހަނގުރާމަވެރި ސިފައިން ނުވަތަ ފައިޓަރު ޖެޓުތައް ފޮނުވުމަކަށް ޕާކިސްތާނުން ގަބޫލެއް ނުވޭ. ސަބަބަކީ ސަރަހައްދީ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއަށް ޕާކިސްތާނުގެ އަސްކަރިއްޔާ ސީދާ ގޮތެއްގައި ވަންނަން ބޭނުންނުވާތީ.

މެދުއިރުމަތީގެ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެ، ސަލާމަތީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ކުވެއިތުން ޕާކިސްތާނާއެކު އޮތް އަސްކަރީ ގުޅުން ބޮޑުތަނުން ފުޅާކުރުމަށް މަޝްވަރާ ފަށައިފއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުވެއިތާއި ޕާކިސްތާނާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ކުވެއިތުން ވަނީ އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހިމެނޭ " ބަރޯސާވުމުގެ ބަދަލުގައި، އިސްލާމީ ބޮޑު އަސްކަރީ ބާރެއްގެ އެހީތެރިކަމާއެކު ދިފާއީ ނިޒާމު ފުޅާކުރުމަށް ކުވެއިތުން ކުރާ މަސައްކަތެކެވެ. މި މަޝްވަރާތަކުގައި ކުވެއިތުން އެދިފައިވަނީ ޕާކިސްތާނުން ސައުދީ އަރަބިއްޔާއާއެކު ގާއިމުކޮށްފައިވާ ފަދަ ވަރުގަދަ ދިފާއީ އެއްބަސްވުމެކެވެ.

ކުވެއިތުގެ ހުށަހެޅުމުގައި ޕާކިސްތާނުގެ އެތައް ހާސް ސިފައިންނެއް ކުވެއިތުގެ ބިމުގައި ގާއިމުވެ ތިބުމާއި، ފައިޓަރު ޖެޓުތަކާއި، ޑްރޯންތަކުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް ކުވެއިތުގައި ބެހެއްޓުން ހިމެނެއެވެ. ދެ ގައުމުގެ މެދުގައި 2023 ވަނަ އަހަރުން ފެށިގެން އަސްކަރީ ތަމްރީނުތަކަށް ޚާއްސަ އެއްބަސްވުމެއް އޮތް ނަމަވެސް، ކުވެއިތުން މިހާރު ބޭނުންވަނީ އެއަށްވުރެ މާ ފުޅާ އަދި އަމަލީ ގޮތުން ގައުމު ދިފާއުކޮށްދޭނެ ފަދަ ބާރެކެވެ.

Advertisement

Advertisement 1

ނަމަވެސް، މި ބޮޑު ހުށަހެޅުމާ މެދު ޕާކިސްތާނުން ގެންގުޅެނީ ވަރަށް ސަމާލު ވިސްނުމެކެވެ. ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކުވެއިތުން ހުރިހާ ވަސީލަތްތަކަކަށް އެދިފައިވީ ނަމަވެސް، މިވަގުތު ކުވެއިތަށް "ހަނގުރާމަވެރި ސިފައިން ނުވަތަ ފައިޓަރު ޖެޓުތައް ފޮނުވުމަކަށް ޕާކިސްތާނުން ގަބޫލެއް ނުވެއެވެ. ސަބަބަކީ ސަރަހައްދީ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއަށް ޕާކިސްތާނުގެ އަސްކަރިއްޔާ ސީދާ ގޮތެއްގައި ވަންނަން ބޭނުންނުވުމާއި، ބައިނަލްއަގުވާމީ މަސްރަހުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ގެންގުޅޭ ސިޔާސަތެވެ.

އަސްކަރީ އެހީތެރިކަން ހޯދުމުގެ ބަދަލުގައި، ކުވެއިތުން ވަނީ ޕާކިސްތާނަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޕާކިސްތާނަށް ބޭނުންވާ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ތެޔޮ ރައްކާކުރާނެ ބޮޑެތި މަރުކަޒުތައް ބިނާކުރުމާއި، އަދި ޕާކިސްތާނުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުން ހިމެނެއެވެ.

ދުނިޔެޕާކިސްތާންކުވެއިތުއީރާންއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

3 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

3 ދުވަސް ކުރިން - 02:42

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

5 ދުވަސް ކުރިން - 16:37

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

5 ދުވަސް ކުރިން - 09:01

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

5 ދުވަސް ކުރިން - 07:21