Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ހުސައިން އިސްމާއިލް
50 ދުވަސް ކުރިން - 19 ޖުލައި 2026 13:36
ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި
ޚުލާސާ

ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވަމުންދާތީ، ޒަހަމްވި 60 މީހުންނަށް ފުރާނަ ސަލާމަތްކުރެވޭފަދަ އެކަށީގެންވާ ފަރުވާއެއް ދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ

އިސްރާއީލުގެ ޔަހޫދީ ސިފައިން އިއްޔެއިން ފެށިގެން މިވަގުތާއި ހަމަޔަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން ގެންދާ ރަހުމުކުޑަ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ފަލަސްޠީނުގެ 19 މީހަކު ޝަހީދުކޮށް، 60 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ޣައްޒާ ސިޓީގެ އައްނަޞްރު އަދި ޒައިތޫން އަވަށުގެ އިތުރުން މެދުތެރޭ ޣައްޒާގައި ހުންނަ ނުސީރާތު ރެފިއުޖީ ކޭމްޕަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

ސިއްހީ އިދާރާތަކުން ބުނާގޮތުގައި، މިއަދު ހޮސްޕިޓަލްތަކަށް ގެންދެވުނު ހަށިގަނޑުތަކުގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެވުނު އާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން، ކުރީގެ ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ޝަހީދުވި މީހުންނާއި، ޔަހޫދީން ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުން އަލަށް ފެނުނު މީހުންގެ ހަށިގަނޑުތައްވެސް ހިމެނެއެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުން ބޭހާއި މެޑިކަލް ސާމާނު ހުސްވަމުންދާތީ، ޒަހަމްވި 60 މީހުންނަށް ފުރާނަ ސަލާމަތްކުރެވޭފަދަ އެކަށީގެންވާ ފަރުވާއެއް ދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.

2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ގަތުލުއާންމުގައި މިހާތަނަށް ޣައްޒާއިން 1 ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި ކަމަށް ހަމާސް އިން ބުނެއެވެ. އަދި މިހާތަނަށް ޔަހޫދީންގެ ހަމަލާތަކުގައި އެކިވަރުގެ އަނިޔާތައް ލިބި، ޒަހަމްވި މީހުންގެ ޖުމްލަ އަދަދު 2 ލައްކަ ފަހަނައަޅާފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.

Advertisement

Advertisement 1

ބައިނަލްއަގުވާމީ މުޖުތަމައުން ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދިޔަ ނަމަވެސް، ޔަހޫދީ ސިފައިން ދަނީ ކޮންމެ ދުވަހަކުވެސް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮންއަޅައި ގަތުލުއާންމު ކުރިއަށް ގެންދަމުންނެވެ.

ކުއްލި ޚަބަރުފަލަސްތީންޣައްޒާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 3 ކޮމެންޓް

0%
0%
0%
0%
0%

ހުސެއިން އާދަމް ތ.ކިނބިދޫ

49 ދުވަސް ކުރިން - 23:26

މިއީ އަޅުގަނޑުގެ 32 އަހަރުގެ ޖަމާއަތުގެ ނަމާދެވެ އަދި ﷲތަޢާލާ ދެށްވަވާ ނިޢުމަތުގެ ކަށަވަރު ކަމަކީ މިތިން އަހަރުގެތެރޭގައި 400 އަށްވުރެ ގިނަ ހުވަފެނުގެ ކަށަވަރުކަމެވެ ޝުކުރިއްޔާ...

ހުސެއިން އާދަމް ތ.ކިނބިދޫ ތިބްރޯޒުގެ

49 ދުވަސް ކުރިން - 23:15

އެހެންކަމުން ދުނިޔެއަށާ ދައުލަތުގެ އިސް ފަރާތްތަކަށް އަޅުގަނޑު އަދިވެސް ގޮވާލަން ފަލަސްތީނު ނުވަތަ އަދުގެ މިދުނިޔެ ސަލާމަތް ކުރަށްވަން ބޭނުންފުޅު ވަނީނަމަ ﷲތަޢާލާ އުއްމަތަށް ދެށްވެވި މިނިޢުމަތަށް އަވަސްވެ ގަތުމަށެވެ އެގޮތުން ށ.ފޮނަދޫ ޖެންޑާގެ ބެލުމުގައި ހުރި އައިޝަތު ލަޔާލީ ބައްޕަނެތް މިޔަތީމު ދަރިފުޅު އަޅުގަނޑު ހުސެއިން އާދަމްއާ ހަވާލުކޮއް ދެށްވުމަށް ގޮވާލަން ޝުކުރިއްޔާ...

ހުސެއިން އާދަމް ތ.ކިނބިދޫ ތިބްރޯޒުގެ

49 ދުވަސް ކުރިން - 23:01

އަޅުގަނޑު މިފަހަރު ދުނިޔޭގަތިބިހާ ޝައިހުންނަށް ވަރަށް ހަރުކޮއް ގޮވާލަން ﷲތަޢާލާ އެއިލާހުގެ ދީން ނުވަތަ ދުނިޔެ ސަލާމަތް ކުރުމުގައި ޖީލަކަށް ފަހު ޖީލަކަށް 1400 އަހަރުގެ މުހުލަތެއް ދެށްވީ އިރުގަ ލޮލަށް ފެންނަ މީހަކަށް ވީޔާ އެނގިލަށްވާނެ ފަދަ ދުނިޔެ މިއޮތް ހާލު. އެހެންކަމުން އަޅުގަނޑު މި މެސެޖުގަވެސް ފާހަގަކޮއްލަ މިދެނީ އަޅުގަނޑަށް ތަކުރާރުވަމުން މިއަންނަ ހުވަފެންތަކާ ދެމޮޅަށް ފަލަސްތީނު ނުވަތަ އަދުގެ މިދުނިޔެ ސަލާމަތް ކުރުމުގައި މަސައްކަތްކުރުމީ ދުނިޔެ ކަފުނަށް ނުލައި ހުރި މީސްތަކުން ކަފުނަށް ލުމެވެ

ގުޅޭ ޚަބަރުތައް

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

2 ގަޑިއިރު ކުރިން - 13:44

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

3 ދުވަސް ކުރިން - 14:55

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

3 ދުވަސް ކުރިން - 13:30

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

5 ދުވަސް ކުރިން - 04:34

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

7 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

8 ދުވަސް ކުރިން - 11:13