އެމެރިކާގެ ޓޮމަހޯކް ކްރޫޒް މިސައިލްތަކެއް ހަމަލާދީ، މިނާބް ޕްރައިމަރީ ސްކޫލް ސުންނާފަތިކޮށްލި ހާދިސާގެ ހެކިތައް ގެއްލުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓް ތައް ބުނެފިއެވެ

ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާގެ ހެކިތައް ކަމަށް ބުނެ އީރާނުން ދެއްކީ "އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ" ދޮގު ހެކިތަކެއް ކަމަށް ޓްރަމްޕް ބުނެއެވެ. މި ހަމަލާގައި ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސާބިތުކޮށްދޭ ގިނަ ހެކިތަކެއް ފެންނަން ހުރި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހިނގަމުންދާ ހަނގުރާމައިގެ ފުރަތަމަ ދުވަސް ކަމަށްވާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒުރޭލުން ގުޅިގެން ދިން ހަމަލާގައި ޖުމްލަ 170 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުމެވެ. 110 އާއި 120 އާ ދެމެދުގެ އަދަދެއްގެ ކުދިން ޝަހީދުވިއެވެ. އޭގެ ތެރޭގައި ގިނައީ އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދިޔަ އަންހެން ދަރިވަރުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ތައުލީމީ މުއައްސަސާއަކަށް އަމާޒުކޮށް ދެވުނު އެންމެ ފަނާކުރަނިވި އެއް ހަމަލާއެވެ.