އިޒެރޭލުގެ ތެލްއަވީވަށް ހޫތީން ރޭ ޑުރޯން ހަމަލާއެއް ދީ، އެކަކު މަރާލައި ގިނަ ބަޔަކު ޒަހަމް ކޮށްފިއެވެ.
830 ދުވަސް ކުރިން - 21:06
ނައިޖަރުގެ ހައި ސެކިއުރިޓީ ޖަލު ފަޅާލުމުގެ ޒިންމާ އައިއެސް އިން ނަގައިފި އެވެ. ފިލި ގައިދީންގެ އަދަދާއި ޖަލު ފަޅާލި ގޮތެއް ނައިޖަރު ސަރުކާރަކުން ނުބުނެއެވެ.
830 ދުވަސް ކުރިން - 20:58
ލުބުނާނުގައި އާންމުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލައިފިނަމަ އިސްރާއީލުގެ ދިފާއީ ބާރުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ހިޒްބުاللهގެ ލީޑަރު އަލްސައިދު ހަސަން ނަސްރުالله އިންޒާރު ދީފި
831 ދުވަސް ކުރިން - 15:30
ޔުކްރޭން މައްސަލައިގެ ހައްލު ހޯދަން މެދުވެރިޔަކަށް ޓްރަމްޕް ކަނޑައަޅަން ޔޫރަޕަށް ހަންގޭރީން އަންގައިފި. ޓްރަމްޕް ބުނީ ރަޝިއާ-ޔުކްރޭނު މައްސަލަ އޭނާއަށް ހައްލު ކުރެވޭނެކަމަށް
832 ދުވަސް ކުރިން - 16:56
ގަޑި އިރެއްގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ 48 މީހުން ޝަހީދުކޮށްލައިފި. އދ އިން ބުނީ އިޒްރޭލުން ހަމަލާދީފައި ވަނީ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކޯޑިނޭޓްކުރާ ދީރް އަލް ބާލާހުގައި ހުންނަ އެގައުމުގެ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ކައިރީގައި ކަމަށް.
832 ދުވަސް ކުރިން - 13:33
ތުރުކީ އިން ބުނީ ޣައްޒާގެ ހަމައެކަނި ކެންސަރު ހޮސްޕިޓަލް އަސްކަރީ މަރުކަޒެއްގެ ގޮތުގައި އެތައް މަހެއް ވަންދެން ބޭނުންކުރުމަށް ފަހު، އެ ހޮސްޕިޓަލަށް ގެއްލުންދީފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެކަމުގައި ޒިންމާވާ ފަރާތްތައް ބައިނަލްއަގުވާމީ ކޯޓުތަކުގައި އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް.
833 ދުވަސް ކުރިން - 15:12
ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި ހުރި ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް ކަމަށްވާ ޒަޕޮރީޜިޔާ ނިއުކްލިއާ ޕްލާންޓް މިނިވަން ކުރުމަށް އދ. އިން ގޮވާލައިފި
833 ދުވަސް ކުރިން - 13:00
އިޒްރޭލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނު ރައްޔިތުންނާމެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާ، ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރަމުންދާ ކަމަށް ޖަލުން ދޫކޮށްލި ފަލަސްތީނުގެ ބޮޑީބިލްޑަރަކު ބުނެފިއެވެ. އޭނާ ސިފަކުރި ގޮތުގައި އެ ޖަލަކީ ގުއަންޓަނާމޯބޭ ޖަލު ފަދަ އަނިޔާވެރި ޖަލެކެވެ.
833 ދުވަސް ކުރިން - 13:00
އަލް މަވާސީގައި އިއްޔެ އިސްރާއީލުގެ ސިފައިން ދިން ނުރައްކާތެރި ހަމަލާގައި ގޮތުގައި 90 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ. މަރުވި މީހުންގެ އަދަދު މިހާރު ވަނީ ޖުމްލަ 38،295 އަށް އަރާފައިވާއިރު، މަރުވި މީހުންގެ 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
835 ދުވަސް ކުރިން - 17:49
ޓްރަމްޕަށް މި ހަމަލާ ދީފައިވަނީ ޕެންސްލެވޭނިއާ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ސްޓޭޖް މައްޗަށް އަރާ ޕޯޑިއަމް ކުރިމަތީގައި ވާހަކަ ދައްކަން ހުއްޓައެވެ. ޓްރަމްޕަށް ލިބުނު ހަމަލާގެ ސަބަބުން އޭނާގެ ކަންފަތް ވަނީ ޒަޚަމްވެފައެވެ.
835 ދުވަސް ކުރިން - 14:33
ބަޑިޖަހައި އަވަހާރަކޮށްލަން އުޅުނު ޓްރަމްޕަށް ސިއްރު ޖާސޫސީ މައުލޫމާތު ދޭން ފަށާނީ އަންނަ ހަފްތާގައި ކަމަށް ފެޑެރަލް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
835 ދުވަސް ކުރިން - 14:06
ޔުކްރޭން އަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ހަންގޭރީން ދެކޮޅު ހަދައިފިއެވެ. ސަބަބަކީ ސީދާ ނޭޓޯއާއި ރަޝިއާއިން ކުރިމަތިލައި ބޮޑު ހަނގުރާމައެއް ހިނގާފާނެތީ.
836 ދުވަސް ކުރިން - 14:16