ޔުކްރޭން އަށް ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ މެމްބަރުކަން ދިނުމަށް ހަންގޭރީން ދެކޮޅު ހަދައިފިއެވެ.
އެގައުމުން ވަނީ ޔޫކްރޭން ނޭޓޯއާ ގުޅުމާ ދެކޮޅުކަން އިއުލާންކޮށް، އެފަދަ ފިޔަވަޅަކުން ރަޝިޔާ އާއި ނޭޓޯ އާ ދެމެދު ސީދާ ކޯޅުން ހިނގާނެ ކަމަށް ބުނެފަ އެވެ.
ހަންގޭރީގެ އޮފިޝަލުން ވިދާޅުވީ ޔޫކްރޭންގެ ނޭޓޯގެ މެމްބަރުކަމަށް ތާއީދު ކުރުމަކީ ޓެންޝަންތައް އިތުރުވެ، ނޭޓޯ އާއި ރަޝިޔާއާ ގުޅުން ހުރި އަސްކަރީ ހަމަނުޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
މިއީ ސަލާމަތީ ކަންބޮޑުވުންތައް ހިނގަމުންދާ ދަނޑިވަޅެއްގައި ހުޅަނގުގެ އިއްތިހާދުތަކާ ގާތްވުމަށް ޔުކްރޭނުން ކުރަމުން އައި މަސައްކަތަށް އަނެއްކާވެސް ކުރިމަތިވި ހުރަހެކެވެ.
މި މައްސަލައާ ގުޅިގެން ނޭޓޯގެ މެމްބަރު ގައުމުތަކާއި ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ތެރޭގައި ވަރުގަދަ ބަހުސްތަކެއް އުފެދި، ސަރަހައްދީ ސަލާމަތީ ޑައިނަމިކްސް އާއި އިރުމަތީ ޔޫރަޕްގެ ބާރުގެ ބެލެންސްއާ މެދު ތަފާތު ވިސްނުންތަކެއް ފާހަގަކޮށްފައިވެ އެވެ. ރަޝިޔާގެ ނުފޫޒާ ދެކޮޅަށް ޑިފެންސް ފިޔަވަޅެއްގެ ގޮތުގައި ނޭޓޯގެ މެމްބަރުކަން ހޯދަން ޔޫކްރޭނަށް ހުރަސް ކުރިމަތިކުރުވި ގައުމުތަކުގެ ތެރޭގައި ހަންގޭރީ ހިމެނުމަކީ އެމެރިކާވެސް ކަންބޮޑުވާ ކަމެކެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސްލޮވޭޚިއާއިންވެސް ވަނީ ނޭޓޯއަށް ޔުކްރޭން ވައްދަން އިންކާރު ކޮށްފައެވެ.
ޔޫކްރޭންގެ މެމްބަޝިޕް ބިޑާ މެދު ނޭޓޯއިން އަދި ކަނޑައެޅިގެން ނިންމުމެއް ނުނިންމައެވެ.



