އިސްރާއީލުގެ ދިފާއީ ބާރުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި

ޖަވާދު | 325 ދުވަސް ކުރިން - 18 ޖުލައި 2024 15:30
ހިޒްބުاللهގެ ލީޑަރު އަލްސައިދު ހަސަން ނަސްރުالله
ހިޒްބުاللهގެ ލީޑަރު އަލްސައިދު ހަސަން ނަސްރުالله
ޚުލާސާ

ލުބުނާނުގައި އާންމުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލައިފިނަމަ އިސްރާއީލުގެ ދިފާއީ ބާރުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ހިޒްބުاللهގެ ލީޑަރު އަލްސައިދު ހަސަން ނަސްރުالله އިންޒާރު ދީފި

ހިޒްބުاللهގެ ލީޑަރު އަލްސައިދު ހަސަން ނަސްރުالله ވަނީ ލުބުނާނުގައި އާންމުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލައިފިނަމަ އިސްރާއީލުގެ ދިފާއީ ބާރުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ . މި އިންޒާރު ދީފައިވަނީ އިސްރާއީލުން ދިން ސިލްސިލާ ވައިގެ ހަމަލާތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން ހިމެނޭ ގޮތަށް ލުބުނާނުގެ އާންމުންގެ އެތައް ބަޔަކު މަރުވުމާ ގުޅިގެންނެވެ.

ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެ، މަރުވި މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހިޒްބުاللهގެ ގާތްގަނޑަކަށް 300 ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމުން ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ އާންމުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

މި މަހުގެ ކުރީކޮޅު ބޯޑަރު ހުރަސްކޮށް ހިނގި ސިލްސިލާ ހާދިސާތައް ކުރިމަތިލުމަކަށް ބަދަލުވެ ހިޒްބުاللهގެ އަސްކަރީ ބާރުތައް ނެތިކޮށްލުމުގެ މަގުސަދުގައި އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އެކި ތަންތަނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވެ އެވެ. މީގެ ސަބަބުން މަދަނީ ސަރަޙައްދުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި ފައިވެއެވެ. އެފަދަ ކޮންމެ ފަހަރަކު އިސްރާއީލުން ބުނަނީ އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށެވެ. އެމީޙުންގެ މަގުސަދަކީ އާންމުންނަށް ހަމަލާ ދިނުމެއް ނޫން ކަމަށެވެ. އިސްރާއީލްގެ މި ހަމަލާތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ވަރަށް ބޮޑަށް ކުށްވެރިވެސް ކޮށްފަ އެވެ.

ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ.އިން ގޮވާލާފައިވާއިރު، ދެފަރާތުންވެސް އެ ކޯޅުން ހައްލުކުރުމަށް މަޝްވަރާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އިންސާނީ ހައްގުތަކާ ބެހޭ އެކި ޖަމިއްޔާތަކުން ވެސް ވަނީ އާންމުންނާއި ސިއްހީ ހިދުމަތްތެރިންނަށް ދޭ ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވުމަށް ގޮވާލާފަ އެވެ.

 ނަސްރުالله ވަނީ އިސްރާއީލުން ލުބުނާނުގެ އާންމުންނަށް ދޭ ހަމަލާތައް ދެމިއޮތްހާ ހިނދަކު ހިޒްބުاللهގެ ހަމަލާތައް އިސްރާއީލަށް އަމާޒުވާނެ ކަމަށް ބުނެފައެވެ "އަޅުގަނޑުމެންގެ ރައްޔިތުން ކަތިލާއިރު އަޅުގަނޑުމެން މަޑުން ނުތިބޭނަން،" އޭނާ ވިދާޅުވި އެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%