ޣައްޒާގެ ރައްކާތެރި ހިސާބުގައި ތިބި މީހުންނަށް އަމާޒުކޮށް އިއްޔެ އިސްރާއީލުގެ ސިފައިން ދިން ނުރައްކާތެރި ހަމަލާގައި ގޮތުގައި 90 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ ކަމަށް ބީބީސީން ކަށަވަރުކޮށްދީފިއެވެ.
އައިޑީއެފްއިން ރައްކާތެރި ސަރަހައްދެކޭ މީގެ ކުރިން ބުނި ޣައްޒާގެ މަވާސީ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި މިއަށްވުރެ ގިނަ މީޙުން ޝަހީދުވި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ހަމާސް އިން ބުނީ އިއްޔެ ދިން ހަމަލާގައި 300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. ސަތޭކައެއްހާ މީޙުން ޝަހީދުވެފައިވާ ކަމަށެވެ.
އަލް މަވާސީގައި ހިންގި ގަތުލުއާންމަކީ އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ އަސްކަރީ ހަރަކާތުގައި ހަމަލާ ނުދޭނެ ކަމަށް މީގެކުރިން ބުނި ތަނެކެވެ، މި ސަރަހައްދުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ޖުމްލަ 38،295 އަށް އަރާފައިވާއިރު، މަރުވި މީހުންގެ 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އިންސާނީ ދަތިކަން އިތުރުވަމުންދާއިރު، ބައިނަލްއަގްވާމީ ގޮތުން ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދިޔަ ނަމަވެސް އިސްރާއީލުން ބުނަނީ ހަނގުރާމަ މުޅިން ހުއްޓާލާނީ އެމީހުން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރެވުމުންނެވެ.
އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަކީ މިޒަމާނުގެ ތާރީޚުގައި އެންމެ ދިގުދެމިގެންދާ އަދި އެންމެ ގިނަ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ އެއް މައްސަލަ އެވެ. އޭގެ ބިންގާ ފެށުނީ 20 ވަނަ ގަރުނުގެ ކުރީކޮޅު ކަމަށެވެ. މިހާރު މި ހާލަތު ގޯސްވާން ފެށީ މީގެ އެތައް މަހެއް ކުރިން، ބިމާއި އިސްތިގުލާލާއި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހިނގާފައިވާ އަނިޔާވެރި ހާދިސާތަކާއި ޝަކުވާތަކުގެ ސަބަބުންނެވެ.
ފާއިތުވި ހަފްތާތަކުގައި ޣައްޒާގެ ހާލަތު ގޯސްވަމުންދިޔައީ ވަރަށް ބާރު ދުވެލީގައެވެ. ޣައްޒާގައި ހަމާސްއާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކުން އިޒްރޭލްއަށް ދޭ އިންޒާރުތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން އައިޑީއެފް އިން ވަނީ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެއެ އެވެ. ނަމަވެސް އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް އަރަބިންނާއި ދުނިޔޭގެ ގިނަ ގައުމުތަކުން އެއްބަސްވެއެވެ.
ހަމާސްގެ ހަނގުރާމަވެރިންގެ ބާރު ކަނޑުވާލުމަށް ކަމަށްބުނެ އިސްރާއީލުން ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭ ގޮތަށް ޣައްޒާ މިހާރު ވަނީ ސުނނާފަތި ވެފަ އެވެ.
ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އދ.އާއި އިންސާނީ ހައްގުތަކާބެހޭ އެކިއެކި ޖަމިއްޔާތަކުން ވަނީ އެހީ ފޯރުކޮށްދޭން އުޅޭ މީހުންވެސް ގިނަ އަދަދަކަށް މަރުވާތީ ކަންބޮޑުވެފައެވެ. ފެނާއި ކަރަންޓާއި ބޭސްފަރުވާ ފަދަ ޒަރޫރީ ހިދުމަތްތައް ލިބުން ވަރަށް ބޮޑަށް ހަނިވެ، އެތައް މިލިއަން ބަޔަކު މިހާރު ވަނީ ރެފިއުޖީންނަށް ވެފައެވެ.
ބައިނަލްއަޤްވާމީ ރައްދު
ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލައި، އެހީ ފޯރުކޮށްދިނުމަށް މަގުތައް ހުޅުވާލުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި އަނިޔާވެފައިވާ މީހުން ނެރުމަށް އިންސާނީ ކޯރިޑޯތައް ގާއިމްކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ. ނަމަވެސް މައްސަލައިގައި ސުލްހަވެރި ހައްލެއް ވަނީ ނުލިބިފައެވެ. ސިޔާސީ ބައިބައިވުންތަކާއި، އަނިޔާވެރިކަމުގެ ދައުރަކީ ދެމިއޮތް ސުލްހައެއް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަންކަމެވެ.



