އެމެރިކާގެ ކުރީގެ ރައީސް އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރިބަލްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޑޮނަލްޓް ޓްރަމްޕަށް ބަޑިން ހަމަލާދީ މިއަދު ޒަޚަމްކޮށްލައިފިއެވެ.
ޓްރަމްޕަށް މި ހަމަލާ ދީފައިވަނީ ޕެންސްލެވޭނިއާ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ސްޓޭޖް މައްޗަށް އަރާ ޕޯޑިއަމް ކުރިމަތީގައި ވާހަކަ ދައްކަން ހުއްޓައެވެ.
ޓްރަމްޕަށް ލިބުނު ހަމަލާގެ ސަބަބުން އޭނާގެ ކަންފަތް ވަނީ ޒަޚަމްވެފައެވެ. ހަމަލާ ދިނުމާ ގުޅިގެން އޭނާގެ ބޮޑީގާޑުން ވަނީ އެތަނުން ޓްރަމްޕް ގެންގޮސްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕަށް ހަމަލާ ދީފައިވަނީ ކެމްޕެއިން ރެލީގައި ހުރި މީހެކެވެ.
މެޑިކަލް ފެސިލިޓީއެއްގައި ޓްރަމްޕް މިހާރު ފަރުވާ ހޯދަމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.



