ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ޔޫއޭއީގައި މުޒާހަރާކުރި 57 މީހަކު ދިގު މުއްދަތަކަށް ޖަލަށް ލުމަށް އަބޫ ދާބީ ފެޑެރަލް ކޯޓް އޮފް އެޕީލުން ހުކުމް ކޮށްފިއެވެ. އަވަސްނިޔާގެ ދަށުން މިމައްސަލަ ނިންމީ ޔޫއޭއީގެ ސަރުކާރުން ކޯޓަށް އަންގައިގެންނެވެ. 3 މީހުން އުމުރަށް ޖަލަށް، އެކަކު 11 އަހަރަށް ، 53 މީހުން 10 އަހަރަށް ޖަލަށްލީއެވެ.
826 ދުވަސް ކުރިން - 21:17
ފަލަސްތީނުގެ ވެރިކަންކުރާ ފަތަޙަ ޖަމާޢަތާއި، ގައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތްވެސް ހިމެނޭހެން ފަލަސްޠީނުގެ ތަފާތު 14 ޖަމާއަތްތައް އެއްގަލަކަށް އަރުވައިފި ކަމަށް ޗައިނާއިން ބުނެފި
826 ދުވަސް ކުރިން - 21:08
ދުނިޔޭގައި ހިނގާ ހަނގުރާމަތަކުގަ އާއި ކާރިސާތަކުގައި އިންސާނީ އެހީއާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޔޫއެންއާރްޑަބްލިއުއޭ އަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި އިސްރާއީލުން ކަނޑައެޅީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ
826 ދުވަސް ކުރިން - 18:29
ހަމަލާތައް މުޅިން ހުއްޓާލާނީ އިސްރާއީލުގެ ލަނޑުދަނޑިތައް މުޅިން ހާސިލް ކުރުމުން ކަމަށް ނަތަންޔާހޫ ބުނެފި. ހަނގުރާމައިގެ ސަބަބުން ފާއިތުވީ 9 މަސްތެރޭގައި 39000 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނޭ
826 ދުވަސް ކުރިން - 13:23
ޔަހޫދީންގެ ހަމަލާގައި ޚާން ޔޫނިސްއިން މަރުވި މީހުންގެ އަދަދު 71 އަށް އަރައިފި. މި އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ
826 ދުވަސް ކުރިން - 13:19
ހުދައިދާ އަށް ހަމަލާދީ އާންމުންގެ 6 މީހުން މަރާލުމާއި ގުޅިގެން ހޫޘީންގެ ލީޑަރު އިސްރާއީލަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފި
827 ދުވަސް ކުރިން - 15:40
ސިންގަޕޫރުގެ ތެޔޮ ޓޭންކަރު ހަފްނިއާ ނައިލް ގައި ޖެހި އެކްސިޑެންޓް ވުމުން ފިލައިގެން ދިޔަ "ސީރީޒް ވަން" ހޯދައިފިއެވެ. އެ ބޯޓުގައި ހުރީ ނެވިގޭޝަންތައް ނިއްވާލާފައެވެ. އަދި އެމީހުން ދިޔައީ ޓަގުތަކެއްގައި ކަފު ޖަހައިގެންނެވެ. ބޯޓު އަތުލީ މެލޭޝިއާ ކޯސްޓުގާޑުން އެގައުމުގެ ދަރަހައްދީ ކަނޑުނެންވެ.
827 ދުވަސް ކުރިން - 14:50
އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ އާދްލޫން އަށް ވައިގެ ހަމަލާއެއް ދީފި. މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ދެގައުމަކުންވެސް އަދި ފޯރުކޮށްދީފައެއް ނުވެއެވެ.
828 ދުވަސް ކުރިން - 18:42
ހުކުރުދުވަހު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ކޮމްޕިއުޓަރު ތަކަށް އަސަރުކުރި "އައިޓީ ރާޅު" ސޮފްޓްވެއަރ އަޕްޑޭޓުގައި ދިމާވި ކަމެއް ކަމަށް މައިކްރޯސޮފްޓުން ބުނެފި. މިމައްސަލަ ހައްލުކޮށް އާންމު ހާޅަތަކަށް ގެނައުމަށް ގާތްގަނޑަކަށް ދެހަފްތާ ހޭދަވެދާނެ ކަމަށް މައިކްރޯސޮފްޓުން ބުނޭ
829 ދުވަސް ކުރިން - 22:21
ސިންގަޕޫރުގެ އައްސޭރީގައި ހިނގި އެކްސިޑެންޓެއްގައި ދެ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ، ތިމާވެށީގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. މިހާދިސާގައި ހުރިހާ ފަޅުވެރިން ވަނީ ސަލާމަތް ކޮށްފައެވެ.
829 ދުވަސް ކުރިން - 20:39
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 550 އަށްވުރެ ގިނަ މީހުން މަރުވެއްޖެ. މިހާރު އިޒްރޭލާއި ލުބުނާނުގައި ތިބި އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރިން ހަމަލާ ބަދަލުކުރަނީ މިފަހުން ހިނގާދިޔަ ޣައްޒާގެ ހާދިސާއާއި ގުޅިގެންނެވެ.
829 ދުވަސް ކުރިން - 16:44
އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އިނގިރޭސިވިލާތުގެ 170 ބޯޓަކަށް ހަމަލާދީފި ކަމަށް ހޫޘީން ބުނެފި. އެމީހުން ބުނީ ޣައްޒާއަށް ހަމަލާ ދޭނަމަ ރައްދުގައި ބަދަލު ހިފާނެކަމަށް
830 ދުވަސް ކުރިން - 01:40