އިސްރާއީލުން ހުދައިދާ ބަނދަރަށް ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ހަނގުރާމަތައް ވަރުގަދަވާނެ ކަމުގެ އިންޒާރު ހޫތީގެ ވެރިޔާ އަބްދުލް މަލިކް އަލް ހޫތީ ދީފިއެވެ.
ހަ މީހަކު މަރުވި މި ހަމަލާތައް ކުށްވެރިކޮށް، ރޭ ހޫޘީންގެ ލީޑަރު ބުނީ އިސްރާއީލަށް އަމާޒުކޮށްގެން އިތުރު ނުރައްކާތެރި ހަމަލާތައް ދޭނެ ކަމަށެވެ.
މިކަމުން ދައްކުވައިދެނީ އެމީހުންގެ ގާބިލްކަމާއި ބަދަލު ހިފުމުގައި އެމީހުން ފަސްނުޖެހޭނެ ކަމެވެ.
ހަފްތާ ބަންދުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކަކީ ޓެލް އަވީވަށް ހޫޘީން ޑްރޯން ހަމަލާއެއް ދިނުމުން ދިން ރައްދެކެވެ. ހޫޘީންގެ މި ކުރިއެރުމަކީ އީރާނުގެ އެހީއާއެކު ހޫޘީންގެ ޤާބިލުކަން ފުޅާވަމުންދާކަމުގެ އިޝާރާތެކެވެ. އެހެންކަމުން އެމީހުންގެ ނުފޫޒު ބޮޑުވެ، ސަރަހައްދީ ގޮތުން ފުޅާ ދާއިރާއެއްގައި ނުތަނަވަސްކަން އުފެދިދާނެ ކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް މިހާރު އުފެދެއެވެ. ޓެލް އަވީވްގައި ހަމަލާ ދިނުމުގެ ގާބިލްކަން ހޫތީންނަށް ލިބިފައިވުމަކީ އިސްރާއީލަށް އަދި މެދުއިރުމަތީގެ ސަލާމަތީ މާހައުލަށް ވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް މުއްލިލުން ބުނެއެވެ.
ފަހަކަށް އައިސް ހޫޘީންގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މި ހަމަނުޖެހުން ބޮޑުވަމުންދާ ވަރަކަށް އިތުރު އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ހަމަލާތަކުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެ އެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިހާރު ކުރިމަތިވެފައިވަނީ މި ނުތަނަވަސް ޙާލަތަށް ހައްލެއް ހޯދުމުގެ ގޮންޖެހުމެކެވެ. ހޫތީންގެ އަސްކަރީ ދާއިރާ ފުޅާވުމާއި، ކުރިމަތިލުންތަކުގައި ބައިވެރިވާން ތައްޔާރަށް ތިބުމަކީ އިސްރާއީލަށް އޮތް ނުރައްކަލެކެވެ.



