ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ބަނދަރު އޮންނަ ސިންގަޕޫރުގެ އައްސޭރީގައި ދެ ތެޔޮ ޓޭންކަރު ޖެހި އަލިފާން ރޯވެ ތިމާވެށީގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީ (އެމްޕީއޭ) އިން ބުނި ގޮތުގައި ހަފްނިއާ ނައިލް އާއި ސީރީޒް ވަން ޓޭންކަރު އެކްސިޑެންޓުވެ އަލިފާން ރޯވީ އިރުމަތީ ސިންގަޕޫރުގެ ޕެޑްރާ ބްރާންކާ ކައިރީގަ އެވެ.
އެކްސިޑެންޓް ހިނގި ސަބަބެއް އަދި ސާފެއް ނުވި ނަމަވެސް ފަޅުވެރިން ވަނީ ސަލާމަތް ކޮށްފައެވެ. ދެ ފަޅުވެރިން ހެލިކޮޕްޓަރުގައި ގެންދިޔައިރު، ބާކީ ތިބި ފަޅުވެރިން ވަނީ ކުދި އުޅަނދުތަކުގައި ސަލާމަތްކޮށްފަ އެވެ. ހަފްނިއާ ނައިލްގެ 22 އަދި ސީރީޒް ވަންގެ 40 ފަޅުވެރިންނާއެކު ޖުމްލަ 62 ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލިފާން ނިއްވާލުމަށް ޚާއްސަ ޓަގް ބޯޓުތަކުން މިހާރު މަސައްކަތް ކުރަމުން އެބަ ދެއެވެ. ހަފްނިއާ ނައިލްގައި ގާތްގަނޑަކަށް 74،000 މެޓްރިކް ޓަނު ނުވަތަ 3 ލައްކަ ފީފާގެ ތެޔޮ ހުރިއިރު، ސީރީޒް ވަން އިން ގެންދިޔައީ އީރާނުން ލޯޑްކުރި 2 މިލިއަން ފީފާގެ ތެލެވެ.
އޭޝިއާގެ އެންމެ ބޮޑު ތެލުގެ ވިޔަފާރި ބަނދަރާއި ދުނިޔޭގެ އެންމެ ބޮޑު ބޭންކިން ހިދުމަތް ފޯރުކޮށްދޭ ބަނދަރުގެ ގޮތުގައި އޮތް ސިންގަޕޫރު ކައިރީގައި ހިނގި މިހާދިސާތިމާވެށީގެ ބޮޑު ކާރިސާއެއްގެ ބިރު މި ސަރަހައްދުގައި އުފެދިފައިވާއިރު، މި ބިރުވެރި ހާދިސާއަށް ފަހު ދިމާވި ކަންތައްތަކާ ކުރިމަތިލުމަށް ލޯކަލް އަދި އިންޓަނޭ އާއި ގުޅިގެން ކަނޑަށް ތެޔޮ ލީކުވެ ތިމާވެށީގެ ބޮޑު ކާރިސާއެއް ހިނގާފާނެ ކަމުގެ ބިރު އެބައޮތެވެ.



