ހުކުރުދުވަހު މައިކްރޯސޮފްޓަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ކޮމްޕިއުޓަރު ތަކަށް އަސަރުކުރި "އައިޓީ ރާޅު" އަކީ ބަޔަކު ހެކްކޮށްގެން ނުވަތަ ވައިރަހެއް ފޮނުވައިގެން ދިމާވި ކަމެއް ނޫން ކަމަށާ އެއީ ސޮފްޓްވެއަރ އަޕްޑޭޓުގައި ދިމާވި ކަމެއް ކަމަށް މައިކްރޯސޮފްޓުން ބުނެފިއެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ގެންގުޅޭ އެންޓިވައިރަސް ސޮފްޓްވެއާއެއް ކަމަށްވާ ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދިމާވި މި މައްސަލައިގެ ސަބަބުން ބައެއް ބޭންކުތަކާއި އެއަރޕޯޓްތަކަށް އޭގެ އަސަރު ކުރިއެވެ. އަދި މިމައްސަލަ ހައްލުކޮށް އާންމު ހާޅަތަކަށް ގެނައުމަށް ގާތްގަނޑަކަށް ދެހަފްތާ ހޭދަވެދާނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ. މި މައްސަލަ ދިމާވުމުން މައިކްރޮސޮފްޓް ވިންޑޯޒްގެ ގިނަ ކޮމްޕިއުޓަރުތަކެއް ނިވި، ނޫ ސްކްރީން ދައްކާފައިވެއެވެ. މހާރު ބައެއް ޕްރޮގްރާމްތައް ބޭނުންކުރެވޭއިރު އަދިވެސް މުހިއްމު ބައެއް ސޮފްޓްވެއާތައް މަސައްކަތެއް ނުކުރެއެވެ.
މި ސޮފްޓުވެއަރ އަޕްޑޭޓާއި ގުޅިގެން ބައެއް ފުލައިޓްތަކުގެ ދަތުރުތައްވެސް ކެންސަލް ވިއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 5000 އަށްވުރެ ގިނަ ފުލައިޓު މިހާތަނަށް ކެންސަލް ވެފައިވާ ކަމަށާއި މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
މިމައްސަލަ ދިމާވި ގައުމުތަކުގެ ތެރޭޣައި އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ސްޕެއިން އަދި ތުރުކީ ވެސް ހިމެނެއެވެ. މގެ އިތުރުން އަވަށްޓެރި ގައުމުތަކުގެ ޗެކިންގ އަށް ބުރޫއެރިއިރު ރާއްޖެއަށްވެސް މިކަމުގެ އަސަރު ކުރިއެވެ.



