އިޒްރޭލުގެ ޕާލިމެންޓުން ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އޭޖެންސީ ފޯ ޕަލަސްތައިން(ޔޫއެންއާރްޑަބްލިއުއޭ) އަކީ ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ދުނިޔޭގައި ހިނގާ ހަނގުރާމަތަކުގަ އާއި ކާރިސާތަކުގައި އިންސާނީ އެހީއާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ޔޫއެންއާރްޑަބްލިއުއޭ އަކީ ފާހަގަކޮށްލެވޭ ޖަމާއަތެކެވެ.
އިސްރާއީލުން މި ނިންމުން ނިންމީ ޔޫއެންއާރުޑަބްލިއުއޭ އިން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށާއި އިސްރާއީލާ ދެކޮޅަށް އަނިޔާވެރިކަން ހިންގުމަށް މަގުފަހިކޮށްދޭ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. މި ނިންމުން ނިންމާފައިވަނީ މި ސަރަހައްދުގައި ހިނގަމުންދާ ފިތުނަތަކުގެ ދަނޑިވަޅެއްގައެވެ.
މިކަމުގެ ސަބަބުން ތައުލީމާއި ސިއްހީ ފަރުވާ އަދި ކާބޯތަކެތީގެ އެހީ ހިމެނޭ ގޮތަށް ޔޫއެންއާރުޑަބްލިއުއޭއިން އެހީ ފޯރުކޮށްދޭ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީގެ މުސްތަގުބަލާ މެދު ސުވާލު އުފެދެއެވެ. އެ ޖަމާއަތް ފަލަސްތީނުގެ ބިމަށް ނުވައްދައިފިނަމަ އެތަނުގެ މުސްލިމުން ހާލުގައި ޖެހި ބަނޑަށްވެސް މަރުވެދާނެއެވެ. ޔޫއެންގެ ޓީމު މިސްރު ހުރަސްކޮށް ފަލަސްތީނަށް ނުވެއްދުމުގެ ބާރު އިސްރާއީލް ސަރުކާރަށް ލިބޭނެއެވެ.
1949 ވަނަ އަހަރު އުފެދުނު ޔޫއެންއާރުޑަބްލިއުއޭ އަކީ މެދުއިރުމަތީގައި ތިބި ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެ އިދާރާއިން އުރުދުން، ލުބުނާން، ސީރިއާ، އަދި ފަލަސްތީނުގެ ސަރަހައްދުތަކުގައި ހިންގާއިރު، ތައުލީމާއި ސިއްހީ ފަރުވާއާއި ހަމަނުޖެހުންތަކުގައި ކުއްލި އެހީތެރިކަން ފަދަ ގިނަ ހިދުމަތްތައް ފޯރުކޮށްދެ އެވެ. ޚާއްސަކޮށް އަނިޔާވެރިކަމާއި ގެދޮރު ގެއްލިފައިވާ އާބާދީތަކުގެ ތަކުލީފު ކުޑަކުރުމަށް ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެކެވެ.



