އަންގާރަ ދުވަހު އިޒްރޭލުން ބެއިރޫތުގެ ދެކުނުގައި ދިން ވައިގެ ހަމަލާގައި ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު މަރުވެއްޖެ ކަމަށް ހިޒްބުﷲއިން ކަށަވަރުކޮށްދީފި އެވެ.
817 ދުވަސް ކުރިން - 13:15
ނޭޓޯއިން ތުރުކީ ބޭރުކުރަން އިސްރާއީލުން ގޮވާލަަައިފިއެވެ. ނޭޓޯގެ މެމްބަރު ގައުމުތަކަށް ގޮވާލެއްވީ ވީހާވެސް އަވަހަށް ތުރުކީ ބޭރުކުރުމަށް މަޝްވަރާ ކުރަން ޖެހޭ
818 ދުވަސް ކުރިން - 14:01
އިސްރާއީލުގެ ޔަހޫދީން ހިފައިގެން އުޅޭ ގޯލާންގައި މަރުވި 12 ޔަހޫދީންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވިއިރު، އިސްރާއީލުގެ ފިނޭންސް މިނިސްޓަރާއި ޕާލަމެންޓު މެމްބަރު ބައިވެރިވުމުން، އެމީހުންނަކީ ކުރިމިނަލުން ކަމަށް ބުނެ ޖަނާޒާއިން އެމީހުން ބޭރުކޮށްލައިފިއެވެ.
820 ދުވަސް ކުރިން - 14:15
ގޯލާންގެ ދަނޑުބިންތަކާއި ވަށައިގެންވާ ސަރަހައްދު ރައްކާތެރި ކުރުމަށް ހިޒްބުﷲ ހަނގުރާމަވެރިންގެ ކިބައިން ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެ ހިޒްބުﷲގެ އަމާޒުތަކަށް ރޭ ބޮން އަޅައިފި
821 ދުވަސް ކުރިން - 19:04
އިންތިޚާބާއި ބެހޭ ކޮމިޝަނުން ބުނީ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓް 15ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް. މި އިންތިޚާބުގައި ކާމިޔާބު ހޯއްދަވާ ފަރާތުގެ އެންމެ މުހިންމު އެއް ޒިންމާއަކަށް ވާނީ ސްރީލަންކާގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުން.
821 ދުވަސް ކުރިން - 14:21
އިސްރާއީލުން ހިފާފައިވާ ގޯލާން ސަރަހައްދަށް ދިން ރޮކެޓް ހަމަލާއެއްގައި 12 މީހަކު މަރުވެއްޖެ. އިސްރާއީލުން މިކަން އަޅުވަނީ ހިޒްބުﷲގެ ބޮލުގަ. ނަމަވެސް އެޖަމާއަތުން އެކަމަށް އިންކާރުކުރޭ!
821 ދުވަސް ކުރިން - 14:16
އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް އައިސީސީން މަސައްކަތް ކުރުމުން އެކަމާ ދެކޮޅުހެދި އިނގިރޭސި ސަރުކާރުގެ ނިންމުން ބަދަލުކުރީ ، އައު ސަރުކާރުން އަދާލަތަށް ތާއީދުކުރާތީ
822 ދުވަސް ކުރިން - 16:26
އެތެރެއާއި ބޭރުން މުޒާހަރާ ކުރަމުން ދަނިކޮށް އެމެރިކާގެ ކޮންގުރެސްގައި ނަތަންޔާހޫ ގަޑިއެއްހާއިރުގެ ތަގުރީރެއް ކޮށްފިއެވެ. ޣައްޒާ ހަނގުރާމަ ދިފާޢުކޮށް ވާހަކަދައްކަމުން ބުނީ މެދުއިރުމަތީގެ ބާރަކަށް ވާނީ އިސްރާއީލް ކަމަށާ ފަލަސްތީނުގެ ކަންތައްތައް ނިންމާލަން ހަތިޔާރު ފޯރުކޮށްދިނުމަށް
824 ދުވަސް ކުރިން - 14:23
މަރާމާތަކަށް ދިޔަ ނޭޕާލުގެ ޑޮމެސްޓިކް ފުލައިޓެއް ވެއްޓި ޕައިލެޓް ފިޔަވައި ބާކީ ތިބި 18 ފަޅުވެރިން މަރުވެއްޖެ. ނޭޕާލަކީ ފުލައިޓު ވެއްޓުމުގެ ދިގު ތާރީހެއް އޮތް ގައުމެއް. 1990 ވަނަ އަހަރުން ފެށިގެން އެގައުމުގައި 90 އަށް ވުރެ ގިނަ ބޯޓު ވެއްޓިފައިވޭ.
824 ދުވަސް ކުރިން - 14:22
އިސްރާއީލުން މިދިޔަ އޮކްޓޯބަރުން ފެށިގެން ކޮންމެ ދެ ދުވަހަކު ފަލަސްތީނުގެ ތުއްތު ކުއްޖަކު ހުޅަނގުއައްސޭރީގައި ޝަހީދުކޮށްލާ ކަމަށް ޔުނިސެފުން ބުނެފި
825 ދުވަސް ކުރިން - 15:44
ނަތަންޔާހޫ ވޮޝިންޓަނަށް ކުރެއްވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވައި ޝުކުރު އަދާކުރާނެ ކަމަށް ބުނެފި. އެއީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލަށް ދެއްވި އެއްބާރުލުމުގެ ސަބަބުން
825 ދުވަސް ކުރިން - 15:17
ޣައްޒާގައި ހިނގާ ކަންތަކުގެ ވާހަކަ ނުދެއްކުމަކީ ކުރިޔަށް އޮތް ޖީލަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާ އަދި އިޒްރޭލުގެ ބޮޑުވަޒީރަކީ ހިޓްލަރު ފަދަ މީހެއް ކަމަށް ކޮލަމްބިއާ ގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ
826 ދުވަސް ކުރިން - 00:34