ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 21 ގައިސްރީލަންކާގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 21 ގައި ބާއްވަން ނިންމައިފިއެވެ.
ސްރީލަންކާގެ އިންތިޚާބާ ބެހޭ ކޮމިޝަނުން އިއުލާނުކޮށްފައިވާ ގޮތުގައި މި އިންތިޚާބު ބޭއްވުމަށް ތާރީޚެއް ކަނޑައަޅާފައި މިވަނީ ސްރީލަންކާގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސް، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އިންތިޚާބާއި ބެހޭ ކޮމިޝަނުން ބުނީ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓް 15ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އިންތިޚާބުގައި ކާމިޔާބު ހޯއްދަވާ ފަރާތުގެ އެންމެ މުހިންމު އެއް ޒިންމާއަކަށް ވާނީ ސްރީލަންކާގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމެވެ. އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.



