އިސްރާއީލުގެ ޔަހޫދީން ހިފައިގެން އުޅޭ ގޯލާންއަށް ދިން ރޮކެޓު ހަމަލާގައި މަރުވި 12 ޔަހޫދީންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވިއިރު، މި ޖަނާޒާއަށް ވަޑައިގެންނެވި އިސްރާއިލް ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާއި ސިޔާސީ ފަރާތްތައް ޖަނާޒާއަށް އައި އިސްރާއީލުގެ ފިނޭންސް މިނިސްޓަރާއި ޕާލަމެންޓު މެމްބަރު ބައިވެރިވުމުން، އެމީހުންނަކީ ކުރިމިނަލުން ކަމަށް ބުނެ ޖަނާޒާއިން އެމީހުން ބޭރުކޮށްލައިފިއެވެ.
އިސްރާއީލް އާންމުން ބުނަނީ މަރުވި ކުޑަކުދިންނާއި ޒުވާނުންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުގެ ސަރުކާރާއި ސިޔާސީ ފަރާތްތަކުންނެވެ.
އިސްރާއީލުން އިއްޔެ ވަނީ މި ރޮކެޓް ހަމަލާ ދިނީ ހިޒްބުﷲ ކަމަށް ކަށަވަރުކޮށްދީފައެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުން ހަތަރު މީހަކު މަރުވުމާ ގުޅިގެން ކަމަށް ބެލެވޭއިރު ލުބުނާނުގެ ސަލާމަތީ ދެ މަސްދަރަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުގެ ދެކުނުގެ ކްފާރްކިލާގައި މަރުވި ހަމީހުންގެ ތެރޭގައި ހިޒްބުالله ގެ ކޮމާންޑަރަކުވެސް ހިމެނެއެވެ.
ކުޅެން ތިބި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނޭހެން 12 މީހުން މަރުވެވެފައިވާއިރު، އީރާނުގެ މަދަދު ލިބެމުންދާ ހިޒްބުالله އިން ވަނީ މިހަމަލާ އާއި އެޖަމާއަތާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް އިސްރާއީލުން ބުނަނީ އެ ރޮކެޓް ހަމަލާއަކީ ހިޒްބުﷲގެ ހަމަލާއެއް ކަމަށާ ކުރިޔަށް އޮތްތަނުގައި އިތުރު ހަމަލާތައް އިސްރާއީލުން ހިޒްބުﷲއަށް ދޭނެ ކަމަށެވެ.



