އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން މަސައްކަތް ކުރުމަކީ އެ ކޯޓުގެ އިހުތިސާސްގެ ތެރެއިން ކުރެވޭނެ ކަމެއްތޯ ސުވާލު އުފައްދައި އިނގިރޭސިވިލާތުން ނަތަންޔާހޫގެ ދިފާޢުގައި މީގެ ކުރިން ކުރި މަސައްކަތް މިހާރު ހުއްޓާލައިފިއެވެ.
އިނގިރޭސި ސަރުކާރުން ބުނީ ، ނަތަންޔާހޫ ހައްޔަރުކުރުމާއި ދެކޮޅަށް މީގެ ކުރިން ގެންގުޅުނު ސްޓޭންޑަކީ އެއީ ކުރީގެ ނިންމުން ކަމަށާއި ނަމަވެސް މިހާރު އިނގިރޭސި ސަރުކާރު ބަދަލުވެފައިވާކަމަށެވެ. އެހެންކަމުން އައު ސަރުކާރުން ކުރީގެ ސަރުކާރުގެ ނިންމުމާއި ދެކޮޅުހަދާ ކަމަށާ، ސަބަބަކީ އަދާލަތު ގާއިމްކުރުމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރުތަކާ މެދު އިނގިރޭސި ސަރުކާރުން އިއުތިރާޒު އަނބުރާ ގެންދިއުމުން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ މިކަމަށް މަރުހަބާ ކިޔާފަ އެވެ. އިނގިރޭސިވިލާތުގެ މި ނިންމުމަކީ "އިންސާފު ޙަޤީޤަތަކަށް ހެދުން" ކަމަށް ފަަލަސްތީނު ސަރުކާރުން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާ އިން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ވަނީ މި ނިންމުމަކީ ފަލަސްތީނާއި އިނގިރޭސިވިލާތުގެ އެއްބާރުލުން އިތުރުވާނެ ނިންމުމެއް ކަމަށް ބުނެފަފަ އެވެ.



