އިސްރާއީލުން މިދިޔަ އޮކްޓޯބަރުން ފެށިގެން ކޮންމެ ދެ ދުވަހަކު ފަލަސްތީނުގެ ތުއްތު ކުއްޖަކު ހުޅަނގުއައްސޭރީގައި ޝަހީދުކޮށްލާ ކަމަށާ، މިއީ ނުވަ މަސް ވެފައިވާ ޣައްޒާ ހަނގުރާމައިގެ ކުރިން ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެއް ކަމަށް ޔުނިސެފުން ބުނެފިއެވެ.
ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ، މަގުމަތިން ހިނގާފައިދާ އިރުވެސް ފުރާނަތައް ގެއްލިގެންދާއިރު މިއީ ފަލަސްޠީނުގެ ކުޑަކުދިންނަށް އިންސާނީ ގޮތުން ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް ކަމަށް ވިދާޅުވެ މި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
މެއި މަހުގެ ހަވަނަ ދުވަހު އދ.އިން ޝާއިއުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގައި 34،735 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އޭގެ ތެރޭގައި 9،500 އަށް ވުރެ ގިނަ އަންހެނުންނާއި 14،500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
ހަމާސްއިން ބުނަނީ މިއަށްވުރެވެސް ގިނައިން ކުޑަކުދިން ޝަހީދުވެފައިވާ ކަމަށާއި، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައިވެސް ޝަހީދުވެފައިވާ ކުޑަކުދިންގެ ހަށިތައް ހުންނާނެ ކަމަށެވެ.



