ޣައްޒާގައި ހިނގާ ކަންތަކުގެ ވާހަކަ ނުދެއްކުމަކީ ކުރިޔަށް އޮތް ޖީލަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާ އަދި އިޒްރޭލުގެ ބޮޑުވަޒީރަކީ ހިޓްލަރު ފަދަ މީހެއް ކަމަށް ކޮލަމްބިއާ ގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ.
ޕެޓްރޯ ވިދާޅުވީ ޣައްޒާގެ އާންމުންނާއި ދެކޮޅަށް އިޒްރޭލުން ކުރާ އަނިޔާތަކުގެ ވާހަކަ އެންމެން ދައްކަން ޖެހޭނެއެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހެއެވެ.
ޣައްޒާއަށް ދިން ހަމަލާގައި 1948 ވަނަ އަހަރު ފާސްކުރި ނަސްލު ނައްތާލުމުގެ މުއާހަދާއާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ކޮލަމްބިއާ އިން ވަނީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ކުރިމަތީގައި ތާއީދުކުރާކަން އިއުލާންކޮށްފަ އެވެ.
މިކަމާއި ގުޅިގެން އިޒްރޭލު ސަރުކާރުން ބުނީ ކޮލަމްބިއާގެ އަމަލަކީ ވަކިފަރާތަކަށް ތާއީދުކުރާ އަމަލެއް ކަމަށާ އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ހަނގުރާމައަށް މިހާރު 290 ދުވަސް ވީއެވެ. އަދިވެސް ހަނގުރާމަ ހުއްޓާލުމުގެ ކޮޅުމައްޗެއް ނުފެނެއެވެ.



