އިސްރާއީލްގެ އަޅުވެތިކަމުން ފަލަސްތީން ސަލާމަތް ކޮށްދިނުމަށް އެބިމަށް އަރަން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް ރެޖެބް ތޮއްޔިބް އެރްދޮޣާން ބުނުމުން ނޭޓޯއިން ތުރުކީ ބޭރުކުރަން އިސްރާއީލުން ގޮވާލަަައިފިއެވެ.
އިސްރާއީލްގެ ޚާރިޖީ ވަޒީރު ކަޓްޒް ނޭޓޯގެ މެމްބަރު ގައުމުތަކަށް ގޮވާލެއްވީ ވީހާވެސް އަވަހަށް ތުރުކީ ބޭރުކުރުމަށް މަޝްވަރާ ކުރަން ޖެހޭނެ ކަމަށާ އިސްރާއީލް ހިފަން އެރްދޮޣާން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ އެ ހިނގަނީ އިރާޤުގެ ރައީސް ސައްދާމް ޙުސައިން ހިނގި މަގުން ކަމަށްވެސް އިސްރާއީލުން ބުންޏެވެ.
އެރްދޮޣާން އަކީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް އިސްރާއީލާއި ދިމާލަށް ބަސް ބުނާ ލީޑަރެކެވެ.


