Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މުޒާހަރާކުރަމުން ދަނިކޮށް ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކޮށްފި

ޖަވާދު
824 ދުވަސް ކުރިން - 25 ޖުލައި 2024 14:23
ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރައްވަނީ
ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރައްވަނީ
ޚުލާސާ

އެތެރެއާއި ބޭރުން މުޒާހަރާ ކުރަމުން ދަނިކޮށް އެމެރިކާގެ ކޮންގުރެސްގައި ނަތަންޔާހޫ ގަޑިއެއްހާއިރުގެ ތަގުރީރެއް ކޮށްފިއެވެ. ޣައްޒާ ހަނގުރާމަ ދިފާޢުކޮށް ވާހަކަދައްކަމުން ބުނީ މެދުއިރުމަތީގެ ބާރަކަށް ވާނީ އިސްރާއީލް ކަމަށާ ފަލަސްތީނުގެ ކަންތައްތައް ނިންމާލަން ހަތިޔާރު ފޯރުކޮށްދިނުމަށް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރެއް ކުރައްވައި، "އަހަރެމެންގެ ދުޝްމަނުންނަކީ ތިޔަބޭފުޅުންގެ ދުޝްމަނުން" ކަމަށް ބުނެ ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޣައްޒާގައި އިސްރާއީލުން ކުރާ ހަނގުރާމައަށް ތާއީދު ކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ. އޭނާގެ ޚިޠާބުގައި އެމެރިކާގެ ކޮންމެ ދުޝްމަނު ގައުމަކީ އިސްރާއީލްގެ ދުޝްމަނެއްކަން ފާޙަގަކުރަމުން ،ބުނީ އާންމު ދުޝްމަނުންނާ ދެކޮޅަށް ދެގައުމުގެ ގުޅުން ވަރަށް ބަދަހިކުރަން ޖެހޭނެއެވެ.

"އަހަރެމެން އީރާނާ ހަނގުރާމަ ކުރާއިރު، އަހަރެމެން ހަނގުރާމަ ކުރަނީ އެމެރިކާގެ އެންމެ ރެޑިކަލް އަދި ޤަތުލުވެރި ދުޝްމަނާ،. އަހަރެމެންގެ ހަނގުރާމައަކީ ތިޔަބޭފުޅުންގެ ހަނގުރާމަ، އަދި އަހަރެމެންގެ ކާމިޔާބީ ވާނީ ތިޔަބޭފުޅުންގެ ކާމިޔާބީ" ނަތަންޔާހޫގެ ތަގުރީރިގައި ބުންޏެވެ.

Advertisement

Advertisement 1

ނަތަންޔާހޫ ތަގުރީރު ކުރަމުން ދަނިކޮށް ޣައްޒާގެ މައްސަލައިގައި އޭޏާއާ ދެކޮޅަށް މުޒާހަރާވެސް ކުރިއެވެ. ކެޕިޓަލް ހިލްގައި މުޒާހަރާ ކުރި މީހުން ވަނީ ނަތަންޔާހޫ އަކީ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ލިޔެފައިވާ ބެނާތަކެއް ދައްކާލާފަ އެވެ. މިކަމާއި ގުޅިގެން އެމެރިކާގެ ފުލުހުން ވަނީ ނަތަންޔާހޫގެ ތަގުރީރަށް ހުރަސް އަޅަނީ ކަމަށްބުނެ 5 މީހަކު ހައްޔަރުކޮށްފައެވެ.

މުޅި ތަގުރީރުގައި ނަތަންޔާހޫ ވަނީ އެމެރިކާ، އިސްރާއީލާއި އަރަބި ދުނިޔެއަށް އޮތް ނުރައްކަލަކީ އީރާން ކަމަށް ބުނެފައެވެ. ފަލަސްތީނުގެ ޖަމާއަތް ހަމާސް އާއި ލުބުނާނުގެ ހިޒްބުالله އަދި ޔަމަނުގެ ހޫތީންގެ ކިޑްނީއަކީ އީރާން ކަމަށް ސިފަކޮށް ވާހަކަ ދެއްކެވިއެވެ.

ނަތަންޔާހޫގެ ތަގުރީރުގައި އީރާނުގެ ޕްރޮކްސީ ފޯސްތަކުން އެމެރިކާގެ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށާއި އީރާނުން ގަބޫލުކުރާ ގޮތުގައި "އެމެރިކާއަށް ހަގީގަތުގައި ބިރުދައްކާލަން ފުރަތަމަ މެދުއިރުމަތި ފަތަހަ ކުރަން ޖެހޭނެ" ކަމަށެވެ. އެހެންކަމުން މެދުއިރުމަތީގެ ހިތުގައި، އީރާނާއި ދެކޮޅަށް ތެދުވެ އޮތީ އެމެރިކާއަށް ތާއީދުކުރާ ފަޚުރުވެރި އެއް ޑިމޮކްރަސީ ކަމަށްވާ ތިމަންނާގެ ގައުމު ކަމަކަށެވެ.

ގަޑިއެއްހާއިރުގެ ތަގުރީރުގައި ނަތަންޔާހޫ ވަނީ އިސްރާއީލަށް ކުރާ ފާޑުކިޔުންތައް އެއްފަރާތްކޮށް، ޣައްޒާގެ ހަމަނުޖެހުން އެއީ އޭނާގެ ގައުމު ދިރިހުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގަ ވިސްނުވައިދޭން މަސައްކަތް ކޮށްފައެވެ. އެމެރިކާގެ އަސްކަރީ އެހީ އަބަދުވެސް އިޒްރޭލަށް ދިނުމަށާއި ، އެމެރިކާއިން ދިގު ޒަމާންތަކެއް ވަންދެން އިސްރާއީލަށް ދިން ތާއީދު ގަބޫލުކުރައްވައި، އެމެރިކާގައި އިސްރާއީލުގެ ޖާސޫސީ އިދާރާއިން "ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްފައިވާ"ކަން އޭނާފާހަގަކުރެއްވި އެވެ.

 ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނެސް ، ސަރަހައްދީ ހަމަނުޖެހުން ހުއްޓުވުމަށް އެހީތެރިވުމަށް އެމެރިކާގެ އަސްކަރީ އެހީ ވީހާވެސް އަވަހަށް އިސްރާއީލަށް ދިނުމަށް ނަތަން ޔާހޫ އެދުނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ވިންސްޓަން ޗާޗިލް އެމެރިކާއަށް ކުރި އިލްތިމާސްއާ ހަވާލާދީ އޭނާ ބުނީ "އަހަރެމެންނަށް ޓޫލްސް ދީފިއްޔާ އަހަރެމެން އެ މަސައްކަތް ނިންމާލާނަން" ކަމަށެވެ.

ނަތަންޔާހޫ ބުނީ އިސްރާއީލުން ދުވާލަކު ޣައްޒާގެ ކޮންމެ މީހަކަށް 3،000 ކެލޮރީއަށް ފުދޭވަރުގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ތުހުމަތު ކުރެއްވީ ހަމާސް އިން އެ އެހީ ވަގަށް ނަގަނީ ކަމަށެވެ.

ނަތަންޔާހޫ ބުނީ ދެން އޮންނާނީ އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައި އޮންނަ "ޑިމިލިޓަރައިޒްޑް އެންޑް ޑިރެޑިކަލައިޒްޑް" ޣައްޒާއެކެވެ.

ރައީސް ޖޯ ބައިޑަން އާއި ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޓް ކަމަށް ބެލެވޭ ނައިބު ރައީސް ކަމަލާ ހެރިސްގެ ތާއީދު އޮތް ނަމަވެސް ދެ ސްޓޭޓެއްގެ ހައްލެއްގެ ފުރުސަތު އޭނާ ފާހަގަކޮށްފައެއް ނުވެ އެވެ.

Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%